ޑިއުޓީ ފްރީން ސިގިރޭޓް ބޭރުކުރަން އުޅުނު ދެމީހުން ކޯޓުން ދޫކޮށްލައިފި
ސިގިރޭޓް އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން

ޑިއުޓީ ފްރީން ސިގިރޭޓް ބޭރުކުރަން އުޅުނު ދެމީހުން ކޯޓުން ދޫކޮށްލައިފި

ދޫކޮށްލީ ޝަރުތުތަކަކާއެކު

1 year ago - 15:48
Mar 26, 2025 - 15:48
Advertisement
Advertisement

ޑިއުޓީ ފްރީން ސިގިރޭޓް ބޭރުކުރަން އުޅުނު ދެމީހުން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ ފުރާ މީހުންގެ ޓާމިނަލްއިން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިގިރޭޓް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ މ.ސިލްވަރ ނެސްޓް އަހުމަދު އަފްސަލް އާއި ދަފްތަރު ނަމްބަރު 14358 ޔޫސުފް ނަޒީރުއެވެ. ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ދެމީހުންވެސް ކޯޓުން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމަން ގެންދިއުމުން ޝަރުތުތަކަކާއެކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެދެމީހުންގެ ފުލުހުންނަށް ހުށަހެޅީ ކަސްޓަމްސްއިންނެވެ. އެއީ އިއްޔެ ހެދނުނު 6:20 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމުގައި ފުލުހެއްގެ ބައިވެރިވުމެއް އޮތްކަމަށް ވާހަކަދެވެނުނަސް އެކަން ފުލުހުންގެ އިދާރާއިން ކަށަވަރުކޮށެއް ނުދެއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement