ޤުރުއާނަށް ޢަމަލުކުރާ މުޖުތަމަޢަކަށް ވުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ސަނަދު ހަވާލުކޮށދްެއްވުން / ފޮޓޯ: ރައީސް އޮފީސް

ޤުރުއާނަށް ޢަމަލުކުރާ މުޖުތަމަޢަކަށް ވުމަށް ރައީސް އިލްތިމާސްކުރައްވައިފި

3 days ago - 23:41
Mar 27, 2025 - 00:32
Advertisement
Advertisement

ދިވެހި މުޖުތަމަޢަކީ ދުވަހުގެ ދިރިއުޅުމުގައި ކީރިތި ޤުރުއާނަށް ޢަމަލުކުރާ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރައްވާފައި ވަނީ، ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤުރުއާނަކީ ޢަމަލީ ފޮތެއްކަމަށާއި، ދިރިއުޅުމުގެ ކޮންމެ ވަގުތެއްވެސް ޤުރުއާނާ އެއްގޮތަށް ކުރިއަށްގެންދިއުން މުހިންމު ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އުޅުމާއި ގުޅުންތައް ބައްޓަންކުރެވެނީ ޤުރުއާނާ އެއްގޮތަށްތޯ ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ އިޢާދަކުރެވޭނެ ހަމައެކަނި ގޮތަކީ ޤުރުއާނަށް ޢަމަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކުވެސް އެހެން މީހުންގެ ކަރާމާތަށް ގަދަރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ހާފިޒުންގެ ދަސްވެނިވުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރުވެފައިވަނީ އެކި ސަރުކާރުތަކުން ޤުރުއާނަށް އިސްކަންދީގެން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އަހަރަކު ދަސްވެނިވާ ޙާފިޒުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ އަޒުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މުޅިން އަލަށް ހާފިޒުންގެ ދަސްވެނިވުން ފާހަގަކުރުމަށް މިރޭ ބޭއްވި މި ޖަލްސާގައި 24 ހާފިޒަކު ވަނީ ހާފިޒުކަމުގެ ސަނަދު ހާސިލްކުރައްވާފައެވެ. މި ހުރިހާ ފަރާތްތަކަށް ވެސް ހާފިޒުކަމުގެ ސަނަދު ހަވާލު ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement