އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން މާލެ ގެންނަނީ
މިހާރު ފަރުވާ ދެމުން ދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން މާލެ ގެންނަނީ

މިވަގުތު ފަރުވާ ދެމުން ދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި

2 months ago - 09:55
Advertisement

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން މާލެ ގެނައުމުގެ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ރޭ ދަންވަރު އެހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔަ ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ ކަންކަން ދަނީ ކުރަމުންނެވެ, މިއެކްސިޑެންޓް ހިނގީ ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ, ވެލިފުންޏަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ. ހާދިސާ ހިނގީ 23:59 ހާއިރު އެވެ. ހާދިސާގައި އަނިޔާވީ 23 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. 

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ. މިމަހުގެ ފުރަތަަމަ ދުވަހު ހުޅުމާލެގެ މަގެއްގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ޖެހިގެން ހިނގި އެކްސިޑެންޓްގައިވެސް ސައިކަލްގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއްވެ, ދަނީ ފަރުވާ ދެމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement