ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި, ފގިނަ އަދަދެއްގެ ފައިސާއާއެކު މީހަކު ހައްޔަރުކޮށްފި
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި, ފގިނަ އަދަދެއްގެ ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ ގ. ޖޫތީގެ. ހަސަން ނަޒީޙް (32އ) އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނައެވެ.
މި މައްސަލައާ ގުޅިގެން ހަސަން ނަޒީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ކޯޓުން ވަނީ ވަނީ އޭނާ ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް