އެހީގެ ގޮތުގައި ޣައްޒާއަށް ވަން 1,000 ޓްރަކްގެ ބޭހާއި ކާނާ އިޒްރާއިލްއިން ހަލާކުކޮށް ނައްތާލައިފި
އިޒްރާއިލްއިން ޓްރަކްތަކުގައި ކާބޯތަކެތި ބިންމައްޗަށް އުކާލާފައި. ފޮޓޯ: އެރެބް ނިއުސް

އެހީގެ ގޮތުގައި ޣައްޒާއަށް ވަން 1,000 ޓްރަކްގެ ބޭހާއި ކާނާ އިޒްރާއިލްއިން ހަލާކުކޮށް ނައްތާލައިފި

13 hours ago - 14:57
Jul 29, 2025 - 15:00

ޣައްޒާގެ އިންސާނީ ހާލަތު އިންތިހާއަށް ދަށަށްގޮސް އިޒްރާއިލްއަށް ފިއްތުންތައް ކުރިމަތިވެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ދޫދިނުމަށް ނިންމި ނިންމުމަށްފަހު ވަންނަމުންދާ އެހީގެ ޓްރަކްތައް ސަޙްޔޫނީ ސިފައިން ހަލާކުކުރަން ފަށައިފިއެވެ. 

އިޒްރާއިލް ބްރޮޑްކާސްޓިން ކޯޕަރޭޝަން އިންވަނީ އިޒްރާއިލްއިން ބޭހާއި ކާނާ ހިމެނޭ 1,000 އަށްވުރެ ގިނަ ޓްރަކް ހަލާކުކޮށް އިންސާނީ އެހީގެ ތަކެތި ނައްތާލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ ބްރޮޑްކާސްޓިން ކޯޕަރެޝަނުން ބުނީ 1,000އަށްވުރެގިނަ ޓްރަކްގައި އެތެރެކުރި އެތައްހާސް ޓަނުގެ އިންސާނީ އެހީ އިޒްރާއިލްގެ ސިފައިން ގަސްތުގައި ހަލާކުކޮށް ބޭނުންނުކުރެވޭ ވަރުކޮށްފައިވާ ކަމަށެވެ.

އިޒްރާއިލް އިން ހަމަޖައްސާފައި އޮނަނަ އުސޫލުގެދަށުން ބޭރުން ވަންނަ ޓްރަކްތައް ވަކި ހިސާބަކުން އެތެރެވެ އޭގައިވާ ތަކެތި ދެން ބަދަލުކުރަންޖެހެނީ އިޒްރާއިލްއިން އަންގާ ވެހިކަލްތަަކަށެވެ. އަދި އެހިސާބުން އެހީގެ ސާމާނަށް ހަދާގޮތެއް ހަދަނީ ޔަހޫދީ ސިފައިންނެވެ.

Advertisement
Advertisement

ޣައްޒާއަށް ކޮންމެވެސް ވަރަކަށް ގޮދަންދުށް އެތެރެވެފައިވާއިރު, ގިނަ ބަޔަކަށް އަދިވެސް ކާނާ ނުލިބި ހައިހޫނުކަމުގައި ހާލަތު އަދިވެސް ދަނީ ދަށަށެވެ.

"ކާބޯތަކެތީގެ އެތައް ސާމާނެއް އަވީގައި އެބަހުރި. އެއްވެސް އަޅާލުމެއްނެތި. އެތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށް ނުދެވެންޏާ އަހަރެމެންނަށް ޖެހޭނީ ނައްތާލަން" މަސްދަަރުކުން ބުނެފައިވާކަމަށް ކޯޕަރޭޝަނުން ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow