
އިއްޔެ 90, މިއަދު މިހާތަނަށް 62, ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ ރަސްމީ އަދަދު 60,000 ފަހަނައަޅައިފި
ހިފާފައިވާ ހުޅަނގު އައްސޭރިން ގިނަ ބަޔަކު ދަނީ ހައްޔަރުކުރަމުން
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމަށް 22 ހަމަވާން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު އިޒްރާއިލްއިން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ ރަސްމީ އަދަދު 60,000 ފަހަނައަޅައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ޣައްޒާގައި 62 މީހަކު ޝަހީދުކޮށްލާފައިވާއިރު, އިއްޔެވެސް ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުން 90 މީހުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި އެހީ ހޯދަން ކިއޫގައި ތިބި 42 މީހަކު އިއްޔެ ޝަހީދުކޮށްލާފައިވާ މިއަދު މިހާތަނަށް އެއަދަދު ވަނީ 19އަށް އަރާފައެވެ. ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ މިއަދަދު ތައް ކަށަވަރުކޮށްދީފައެވެ.
ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި އިޒްރާއިލްގެ ސަޙްޔޫނީ ސިފައިން އާންމުންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާތަކުގަައި 8 މީހަކު ޝަހީދުކޮށްލާފައިވާއިރު, 38 މީހަކު ޒަހަމްވެފައިވާކަމަށް އަލް އަވްދާ ހޮސްޕިޓަލްއާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ. މި އެންމެންނަނީ ވެސް އެހީ ލިބިގަތުމަށް މަޑުކޮށްގެންތިބި މީހުންނެވެ.
ހަމަ މިވަގުތު އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ފަލަޞްޠީނުގެ ރައްޔިތުން ހައްޔަރުކޮށްފައިވާކަމަށް ވަފާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހުޅަނގު ސަލްފިޓްގެ އުތުރުގައި އޮންނަ ކަފްރް އަޑް-ދިކް އަދި ބްރްގިން އިން ގިނަ ގެތަކެއް ހަލާކުކޮށް އެގެތަކުގައި ދިރިއުޅުނު ގިނަ ބަޔަކު ސަޙްޔޫނީ ސިފައިން އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާއިރު, ގަލްގީލިއާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ރާމްالله ގެ އުތުރުގެ ސަރަހައްދަކުން ހަ މީހަކު ހައްޔަރުކޮށްފައިވާއިރު ތުބަސް އަދި ހަލީލު ސަހަރު (ހިބްރޫން) އިންވެސް ނުވަ މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ އެޖެންސީ ވަނީ ބުނެފައެވެ.
ހިފާފާއިވާ އިރުމަތީ ގުުދުސްގައިވެސް އިމާރާތްތަކެއް ތަޅާލާފައިވާ ކަމުގެ ރިޕޯޓެއް ވަނީ ލިބިފައެވެ.
ރިއެކްޝަންސް






