ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ބަޔަކަށް ދޫ ނުދޭނަން: ރައީސް

ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ބަޔަކަށް ދޫ ނުދޭނަން: ރައީސް

ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ބަޔަކަށް ދޫ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

8 months ago - 10:06
Feb 5, 2024 - 14:16
Advertisement

ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ބަޔަކަށް ދޫ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަންކަމަށެވެ.

ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 91 އަހަރުކުރީން، 1932 ވަނަ އަހަރުގެ ޑިސެންބަރުމަހު 22 ވަނަ ދުވަހު، ރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް، އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން، 3 ވަނައިގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލްޢަރުޝި ނުވަތަ ރިޔާސީ ބަޔާނަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޝަމްސުއްދީން ރަދުންގެ ފަރާތުން އިއްވެވި ބަޔާނުގައި، އިސްލާމް ދީނުގެ މަތިވެރިކަމާއި އަމިއްލަވަންތަކަމާއި އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ބޮޑު ނިއުމަތެއްކަން ރަދުން ފާހަގަކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement

"އިސްލާމް ދީން މަތީ ތިބެވުމީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ އެއަށްވުރެ ޢަދުލު އިންސާފުވެރިކަން ބޮޑު، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި، ދީނެއް ނެތްކަމީ، ކަށަވަރުކަމެކެވެ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެއް ބޭނުމެއް ނޫނެވެ. އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ މި ޒަމާނުގައިވެސް ބޮޑެތިބޮޑެތި އެތައް ކަރަޔެއްގެ މުޅި ރައްޔިތުން ޖާނުން އެތިބަ ޤުރުބާންވަނީ އެކަން ހޯދުމުގެ މައްޗަށެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ތާއީދުކުރީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވާލުމުގެ މައްޗަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުވެވަޑައިގަތުމާއެކު އެމަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement