މަސްވެރިކަން ރަނގަޅުވެފައިވާތީ މަސްކިރާ ބޯޓެއް ފުވައްމުލަކުގައި މާދަމާ ބަނދަރުކުރަނީ
މި ބޯޓު މަދާމައިން ފެށިގެން މި މޫސުން ނިމެންދެން ފުވައްމުލަކު ބަނދަރުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފަ.
މިދުވަސްކޮޅު ފުވައްމުލައް ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވެފައިވާތީ މާދަމާއިން ފެށިގެން މަސްކިރާ ބޯޓެއް އެރަށުގައި ބަނދަރުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރާ ހަވާލާދީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސެއިން ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ މިދުވަސްވަރު ފުވައްމުލަކުގައި މަސްވެރިކަން ރަނގަޅުވެ ގިނައިން މަސް ބާނަމުންދާތީ އަމާޒު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މެންބަރު ވިދާޅުވީ ފުވައްމުލަކަށް ބާނާ މަސް ފަސޭހައިން ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މަސް ކިރާ ބޯޓެއް މާދަމާ ހެނދުނުގެ ވަގުތެއްގައި ފުވައްމުލަކުގައި ބަނދަރު ކުރާނެކަމަށެވެ.
އަދި މަސްވެރިކަމުގެ މި މޫސުން ނިމެންދެން މަސްކިރާ ބޯޓު ފުވައްމުލަކު ބަނދަރުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މިއީ ފުވައްމުލަކަށް މަސްވެރިކަން ރަނގަޅު ގިނަ އަދަދަކަށް މަސް ބާނާ ދުވަސްވަރެކެވެ.
ރިއެކްޝަންސް