ކޭން ގެ ދެ ގޯލާއެކު ބަޔާނުން ފްލެމެންގޯ ބަލިކޮށް ކުއާޓަރ ފައިނަލަށް
މެޗުގައި ބަޔާނަށް ދެ ގޯލް ކާމިޔާބުކޮށްދިން ހެރީ ކޭން. ފޮޓޯ: ބަޔާން މިއުނިކް

ކޭން ގެ ދެ ގޯލާއެކު ބަޔާނުން ފްލެމެންގޯ ބަލިކޮށް ކުއާޓަރ ފައިނަލަށް

ކުއާޓާގައި ޔޫރަޕްގެ ދެ ލީގުގެ ގަދަ ދެބާރު, ބަޔާން އާއި ޕީއެސްޖީގެ ކުރިމަތިލުމެއް ފެނިގެންދާނެ

5 hours ago - 06:31
Jun 30, 2025 - 06:34

އިނގިރޭސި ކެޕްޓަން ހެރީ ކޭން ގެ ދެ ގޯލާއެކު ބަޔާނުން 4-2 ން ބްރެޒިލްގެ ފެލްމެންގޯ ބަލިކޮށް ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހު އޮންނަ ކުއާޓަރ ފައިނަލްގައި ބަޔާން ވާދަކުރާނީ  ޔޫރަޕްގެ ޗެމްޕިއަން, ފްރާންސްގެ ޕީއެސްޖީއާއެވެ.

އެނެމް ފަހުން ކުޅުނު 11 މެޗުންވެސް ބަލިނުވެ އޮތް ފްލެމެންގޯ މެޗުގެ 6 ވަނަ މިނިޓްގައި މާޔޫސްކަމަކާ ކުރިމަތިވީ މެދުތެރެއަށްކުޅޭ އެރިކް ޕަލްގާ އަތުން ބަޔާނުގެ ހޯޝުއާ ކިމިޗްނަގައިދިން ކޯނަރު ގޯލްގެ ތެރެއަށްވަދެ ބައިކޮޅަށް ގޯލް ވަނުމާއެކުއެވެ.

އޭގެ ހަތަރު ވަރަކަށް މިނިޓްފަހުން ކޭންވަނީ މެޗުގައި އޭނާގެ ފުަރަތަމަ ގޯލް ޖަހާ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. 

ނަމަވެސް ފްލެމެންގޯއިން ދުލެއްނުދީ މެޗުގެ 33 ވަނަ މިނިޓްގައި ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ޖާސެން ގޯލް ކާމިޔާބު ކުރީ ޖިއޯޖިއަން ޑި އަރެސްސިއޭޓާ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

Advertisement
Advertisement

ބަޔާނަށް ދެވަނަ ފަހަރަށް ދެ ގޯލްގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެއޯން ގޮރެޓްޒްކާއެވެ. ދުރުދުރުން ގިރެޓްޒްކާ ފޮނުވާލު ބޯޅަ ގޯލްގެ ތެރެއަށް ވައިން އިރު ކީޕަރު އަގަސްޓިން ރޮސީއަށް ރީޕޮޒިޝަން ވާން މާގިނަ ވަގުތެއް ނުލިބުނެވެ.

ފްލެމެންގޯ އިންދެވަނަ ފަހަަރަށް ނަތީޖާގެ ފަރަގު ކުޑަކުރީ ލިބުނު ޕެނަލްޓީއެއްގައެވެ. ކުރީގެ އާސެނަލް އަދި ޗެލްސީގެ މިޑްފީލްޑަރު ޖޮގީނޯ ވަނީ ބަޔާނުގެ ކީޕަރު މެނުއެލް ނޯޔާ ނުބައި ފަޅީއަށް ޑައިވްކުރުވުމުގައި ކާމިޔާބު ހޯދާ ފްލެމެންގޯގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ.

ކޭން ގެ ދެވަނަ ގޯލް ފެނުނީ މެޗު ނިމެން 18 މިނިޓަށްވެފައި ވަނިކޮށް ހޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow