
އަލް-ނަޞްޜު ދޫކޮށްލާކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
މީސް މީޑިއާގައި ކުރި ޕޯސްޓާއެކު ރޮނާލްޑޯގެ ފަހު މެޗު ކްލަބަށް ކުޅެދީފައިވާ ކަމަށް ވަނީ ބެލެވިފައި
ސައުދީ ޕްރޯ ލީގު ނިމުންތާ ދެތިން ގަޑިއިރުފަހުން އަލް-ނަޞްރުގެ ޖާޒީއާއެކު ނަގާފައިވާ ފޮޓޯއާއެކު "މި ބާބު ނިމުނީ" ކަމަށް ޖަހާ ކޮށްފައިވާ ޕޯސްޓާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަލް-ނަޞްރު ދޫކޮށްލާ ކަމުގެ އިޝާރާތެއް ދީފިއެވެ.
"މި ވާހަކަ! އަދިވެެސް ލިޔެވޭނެ. އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ހޯމަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި އޭނާ އިތުރަށް ލިޔެފައި ވެއެވެ.
40 އަހަރުގެ ރޮނާލްޑޯ އަލް-ނަޞްރާ ގުޅުނީ 2022 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓަޑް އިންނެވެ. ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ހޫނު މޫސުުގައި ހަމަވާނެއެވެ.
ކްލަބް ވޯލްޑްކަޕްގައި ކުޅޭ 32 ކްލަބަށް އާ ކުޅުންތެރިން ހޯދުމަށް އަންނަ މަހު 1 ން 10 ށް ޓްރާންސްފަރގެ ހާއްސަ ދޮރެއް ހުޅުވޭނެއެވެ. ރޮނާލްޑޯ މިހާރު ކުޅޭ އަލް-ނަޞްރު ކްލަބް ވޯލްޑްކަޕަށް ކޮލިފައި ވެފައި ނުވި ނަމަވެސް ކްލަބު ވޯލްޑްކަޕްގައި އޭނާ ފެންނާނެކަމަށް ދެކެވޭ ވާހަކަތަކެއްވެސް މިފަހުން ވަނީ އިވިގެން ގޮސްފައެވެ.
ޕީޕާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފާއިތުވި ހަފުތާގައިވަނީ ރެއާލް މެޑްރިޑް, ޔުވެންޓަސް އަދި ސަޕޯޓިން ލިސްބަންގެ ކުރީގެ ކުޅުންތެރިޔާ އެމެރިކާގައި ޖޫން 14 ގައި އޮންނަ މުބާރާތުގައި ކުޅުމާ ބެހޭގޮތުން "މަޝްވަރާތަކެއް ކޮށްފައި" ވާ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި މަހު އޭޝިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަޕާނުގެ ކަވަސާކީ އަތުން ބަލިވި އަލް-ނަޞްރު ސައުދީ ޕްރޯ ލީގު ނިންމާލާފައިވަނީ ތިންވަނައިގައެވެ.
24 ގޯލާއެކު މިސީޒަންގެ ސައުދީ ލީގުގެ އެންމެގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ ރޮނާލްޑޯ މީގެ ކުރިންވަނީ އޭނާގެ ކެރިއަރު އަލް-ނަޞްރުގައި ނިންމާލަފާނެ ކަމަށް ދޭހަވާ މޭރުމަކުންވެސް ވާހަކަ ދައްކާފައެވެ.
ފުޓްބޯޅައިގައި ރޮނާލްޑޯގެ ވާދަވެރިޔާ, އާޖެންޓީނާގެ ލަޔަނަލް މެސީ އޭނާ ކުޅޭ ކްލަބް އިންޓަ މަޔާމީ އާއެކު ކަލްބް ވޯލްޑްކަޕްގައި ކުޅޭނެއެވެ.
ރިއެކްޝަންސް






