
ޒުލްހިއްޖާ މަހުގެ ހަނދު ފެނިއްޖެ، މާދަމާއަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް
ހައްޖު ދުވަހަކީ އަންނަމަހުގެ 5 ވަަނަ ދުވަސް
ޒުލްހިއްޖާ މަހުގެ ހަނދު ފެނި، މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައި މިރޭ އިޢުލާނުކޮށްފިއެވެ.
މި އިޢުލާނާ ގުޅިގެން، އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަސް ކަމަށާއި، ޢީދުލް އަޟްޙާ ފާހަގަކުރާނީ ހަވަނަ ދުވަހު ކަމަށް ސައުދީ ސަރުކާރުގެ ވަނީ ކަނޑައަޅާފައެވެ. މި ތާރީޚުތަކަކީ ހިޖުރީ ކަލަންޑަރުގައިވެސް ފާހަގަކޮށްފައިވާ ތާރީޚުތަކެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ސަޢޫދީ އަރަބިއްޔާގެ ނިންމުމަށް ތަބާވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. މިއާއެކު، ދިވެހިރާއްޖޭގައިވެސް ހައްޖު މަހުގެ ދުވަސްތައް ފާހަގަކުރާނީ ސަޢޫދީ އަރަބިއްޔާއާ އެއްގޮތަށެވެ.
ރިއެކްޝަންސް






