ސަފާރީއަކުން މޫދަށްވެއްޓުނު ހޮޅުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ
ސަފާރީއެއް ދުއްވާފަ ދަނީ. މީހަކު ވެއްޓުނީ އދ.އަތޮޅުގައި އޮތް ސަފާރީއަކުން

ސަފާރީއަކުން މޫދަށްވެއްޓުނު ހޮޅުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

1 year ago - 11:04
Jan 10, 2025 - 11:49
Advertisement
Advertisement

ސަފާރީއަކުން މޫދަށްވެއްޓުނު ހޮޅުދޫ ޒުވާނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ނ.ހޮޅުދޫ 35 އަހަރުގެ އަލީ އަރުޝަދު ކަމަށެވެ.

އަރުޝަދު ގެއްލުނީ މިއަދު އދ.ރިސޯރޓެއް ކައިރީ އޮތް ސަފާރީއެއްގައި އުޅެނިކޮށެވެ. އޭނާއަކީ އެސަފާރީގައި މަސައްކަތް ކުރާ މީހެއް ކަމެއް ނުވަތަ އެސަފާރިއަށް ގޮސް އުޅުނު މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. މިއަދުި 10:35 ގައި އެމްއެންޑީއެފްއިން ބުނީ މިރިހި އައިލެންޑް ރިސޯރޓް ކައިރީގައއި އޮތް 'ނޯތް07' ސަފާރީން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ޑއިވަރުންގެ ޓީމަކުން ސަފާރީ އޮތް ދިމާއަށް ދަތުރުކުރަމުންދާ ކަމަށެވެ. 

އެކަމަކު އަރުޝަދު މޫދަށް ވެއްޓެނިކޮށް, ސަފާރީގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީ ހުއްޓާ އަރުޝަދު ވެއްޓި އަރިމަތީ ޖެހިފަ, މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފޫޜޭޖުން ފެނިފައިވާ ކަމަށެވެ.

އަރުޝަދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement