ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަނީ!

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަނީ!

1 hour ago - 12:45
Jun 7, 2026 - 12:46

ޕީ.އެން.ސީ (ކޮންގްރެސް ޕާޓީ) ގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.


މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިރޭ 20:30 ގައި، އެ ޕާޓީގެ ރަސްމީ ހަރުގެ ކަމަށްވާ ހ. ވެޔޮވިލާގައެވެ. މިރޭގެ މި ޚާއްޞަ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ އެންމެހައި މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ޕާޓީން ވަނީ ހުޅުވާލެވިފައިވާ ދައުވަތެއް އަރުވާފައެވެ.


ކޮންގްރެސް ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް އާ ދިރުމެއް އައިސްފައިވާ މި ދަނޑިވަޅަކީ، ނިމިދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ވަގުތެކެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޕާޓީގެ ސަފުތައް ވަރުގަދަކުރުމާއި މެންބަރުން އިތުރުކުރުމުގެ މަސައްކަތްތައް އަންނަނީ ވަރަށް ބާރުސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު އެންމެ ރޭވުންތެރިކަމާއެކު އިންތިޒާމީ ގޮތެއްގައި ހަރަކާތްތައް ހިންގަމުންދާ ހަމައެކަނި ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. މިހާރުވެސް އެ ޕާޓީގެ ދަފްތަރުގައި 75,000 އަށްވުރެ ގިނަ މެންބަރުން ހިމެނޭއިރު، މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެ ޕާޓީގެ އޮތް ބޮޑު ތާއީދު ރަމްޒުކޮށްދޭ އަދަދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow