އަސްކޮއި ޓްރެވަލްސްގެ އުމްރާ ހިޔާނާތް: ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި
އަސްކޮއި ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ނެގި 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް 109 މީހަކު ވަނީ ފައިސާ ދައްކައިފައެވެ. ނަމަވެސް އެ މީހުން ދެއްކި އެއްވެސް ފައިސާއަކަށް ޒިންމާނުވެ، އެ ފައިސާއަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އަސްކޮއި ޓްރެވަލްސް އިން ހިޔާނާތްތެރިވި ފައިސާގެ އަދަދު 2.66 މިލިއަން ރުފިޔާ (2،660،300ރ.) އަށް އަރާ ކަމަށެވެ.
ރިއެކްޝަންސް