ޣައްޒާއިން އިތުރު 'ނަކްބާ' އެއް ދުނިޔެއަށް ފެނިދާނެ ކަމުގެ އިންޒާރު އދ ން ދިފި
ޣައްޒާގެ ބިން ފޭރި ނަޞްލުނައްތާލުމުގެ އޮޕަރޭޝަނަށް ޔަހޫދީ ސިފައިން ތައްޔާރުވެފައި. ފޮޓޯ: ނިއުޔޯކް ޓައިމްސް

ޣައްޒާއިން އިތުރު 'ނަކްބާ' އެއް ދުނިޔެއަށް ފެނިދާނެ ކަމުގެ އިންޒާރު އދ ން ދިފި

މުޅި ޣައްޒާ އަޅުވެތިކޮށް އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަކީ އިޒްރާއިލްގެ އެންމެ ބޮޑު އަމާޒު

5 hours ago - 07:04
May 10, 2025 - 07:05

ފަލަޞްޠީނުގެ ރައްޔިތުން ޣައްޒާގެ ބިމުން ގަދަކަމުން ބޭރުކުރެވި, އިތުރު 'ނަކްބާ' އެއް ދުނިޔެއަށް ފެނިދާނެ ކަމުގެ އިންޒާރު އދ ގެ ކޮމިޓީއަކުން ދީފިއެވެ. ޣައްޒާއަށް ދިމާވެނާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ހުކުރު ދުވަހު ކޮމިޓީއިން ދެއްކި ވާހަކަތަކަކީ ބިރުވެރިކަމުގެ ރަނގަލަބީލެއްފަދަ ވާހަކަތަކެކެވެ.

ފަލަޞްޠީނުގެ ރައްޔިތުންގެ " ނަސްލު ނައްތާލުން" އަދި "ހިޔާލަށްވެސް ނުގެނެވޭފަދަ ކެކުޅުން" ފަދަ ބަސްތައް ކޮމިޓީން އިޒްރާއިލްއާ ގުޅުވައިގެން ކުރި ތުހުމަތުތަކުގައި ބަޔާންކޮށްފައިވެއެވެ. 

ކޮމިޓީގެ ވާހަކަތައް ފެށިފައި މިވަނީ އިޒްރާއިލްއިން މި ހަފްތާގެ ކުރީކޮޅު ޣައްޒާގެ އެތައްހާސް ރައްޔިތުން އެބިމުން ގަދަކަމުން ބޭރުކުރާނެކަމުގެ ޕްލޭނެއް އިއުލާންކޮށްފައި ވަނިކޮށެވެ. ޕްލޭންގައިވަނީ އިޒްރާއިލް އިން ބޭނުންވާ ޣައްޒާގެ ސަރަހައްދުތަކުން މީހުން ހުސްކޮށް އިޒްރާއިލްއިން ކަނޑައަޅާ ހަ ސަރަހައްދެއްގައި ޣައްޒާގެ ރައްޔިތުން ބައިތިއްބާ ގޮތަށެވެ.

ގަދަކަމުން  އެމީހުންގެ ބިމުންނާއި ގެދޮރުން އަދި ވަޒަނުން ނެރެލެވޭ ކޮންމެ ނެރެލުމަކީ ޣައްޒާގެ ރައްޔިތުންނަށް "ނަކްބާ" (މުސީބާތް) އެވެ. 'ނަކްބާ' މިބަސް އުފެދި ބޭނުންކުރަންފެށިފައިވަނީ އިޒްރާއިލް އޭ ކިއުނު ދައުލަތް އުފައްދަންވެގެން  1948 ގައި ފަލަޞްޠީނުގެ އެތައް މިލިއަން ރައްޔިތުންނެއް ގަނޑުކޮށް އެމީހުންގެ ގެދޮރުން ނެރެލި ހާދިސާއާ ގުޅިގެންނެވެ. 

Advertisement
Advertisement

"އިޒްރާއިން މިހާރުވެސް ދަނީ އެމީހުންގެ އަޅުވެތި ކަމުގައި ހިޔާލަށްވެސް ގެންނަން ދަތި ވޭނަކާއި ކެކުޅުމެއް ޣައްޒާގެ ރައްޔިތުންނަށް ދެމުން. އެއާއެކު ޣަައްޒާގެ ބިމުގެ ބޮޑުބައެއް  ނުހައްގުން އެމީހުންގެ ބާރުގެ ދަށަށް ގެނެސް, އަދި އިތުރު ބިންތަކާއެކު އަޅުވެތިކަން ފުޅާކުރަމުން އެގެންދަނީ" އިޒްރާއިލްގެ އަމަލުތަކުގެ ސަބަބުން ފަލަޞްޠީނުގެ ރައްޔިތުންގެ ހައްގުތަކުގައި ނިޣުޅައިގަންނަމުންދާ ގޮތް ބެލުމަށް އެކުލަވާލާފައިވާ އދ ގެ ކޮމިޓީއިން ބުނެފައި ވެއެވެ. 

ކޮމިޓީން އިތުރަށްބުނީ އިޒްރާއިލް އިން ކޮންމެ ކަމެއް ޣައްޒާގައި ހިންގިކަމުގައި ވިއަސް އެއި ނުރައްކާތެރި ކަމެއް ކަމަށާއި, އެއީ އިތުރު 'ނަކްބާ' އެއް ފެނިގެން ދިއުންކަމަށެވެ. 

"ވަރަށް ސާފު އެމީހުން އިސްކަންދޭ އެންމެ މުހިއްމު ކަމަކީ ޣައްޒާ އަޅުވެތިކޮށް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާގެ ކޮންމެ ވެލިފުކެއް ގެނައުންކަށް" އަހަރީ މިޝަންގެ ބައްދަލުވުން ނިންމާލަމުން އުރުދުންގެ ވެރިރަށް އައްމާންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ބުނެފައި ވެއެވެ.

އޭގެ އިތުރުން ކޮމިޓީން ބުނީ އިޒްރާއިލްގެ އަސްކަރިއްޔާގެ ސަލާމަތީ އޮޕަރޭޝަން ތަކަކީ ބިން ފޭރުމާއި, ނަޞްލު ނައްތާލުމާއި, އިމާރާތްތައް ހަލާކު ކުރުމާއި އަދި ގަދަކަމުން މީހުން ބޭރުކުރުން ފޮރުވުމަށް ބޭނުންކުރާ 'ސްމޯކް ސްކްރީނެއް' ކަމަށެވެ. އަދި ފޭރޭ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ އެމީހުންގެ މައިގަނޑު އަމާޒު ކަމުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow