ދުނިޔެއަށް އަންނަ ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ- ރައީސް މުއިއްޒު
ރައީސް މުއިއްޒު އީދު ހަވީރުގައި ކުޑަކުއްޖަކާ ސަލާމް ކުރަނީ: ފޮޓޯ-ރައީސް އޮފީސް

ދުނިޔެއަށް އަންނަ ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ- ރައީސް މުއިއްޒު

11 months ago - 08:56
May 10, 2025 - 08:57
Advertisement
Advertisement

 

ދުނިޔެއަށް އަންނަ ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާ ދެއްނެވުމަށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ދިވެހި ލޮބުވެތި ކުޑަކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް  ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން!" ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދީންގެ ދުވަސް ދަނީ ފާހަގަކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement