ކްރިސްޓިއާނޯ ރޮނާލްޑޯ 2027 ގެ ނިޔަލަށް އަލް-ނަޞްރުގެ އެއްބަސްވުން އާކޮށްފި
ކްރިސްޓިއާނީ ރޮނާލްޑޯ އޭނާގެ ޖަސީ ދައްކާލަނީ. ފޮޓޯ: ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ 2027 ގެ ނިޔަލަށް އަލް-ނަޞްރުގެ އެއްބަސްވުން އާކޮށްފި

4 hours ago - 19:32
Jun 26, 2025 - 19:34

ކްރިސްޓިއާނޯ ރޮނާލްޑޯ އަލް-ނަޞްރާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފި އެވެ. މި އެއްބަސްވުމާއެކު 2027 ގެ ނިޔަލަށް ރޮނާލްޑޯ ކުޅޭނީ ސައުދީ ޕްރޯ ލީގުގައެވެ.

ފާއިތުވި މެއި މަހު އަލް-ނަޞްރުގެ ސްޕޯޓިން ޑިރެކްޓަރު ހިއޭރޯވަނީ އެ ކްލަބުން ޕޯޗުގަލްގެ ލެޖެންޑް އެ ކްލަބުގައި މަޑުކުރުވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ. އަދި އެކަމުގައި ވާދަވެރިކަން ބޮޑު ނަމަވެސް އެމަގުން އެކަން ހިިނގާނެ ކަމުގެ އުންމީދު ބޮޑުކަމަށްވެސް ހިއޭރޯ އޭރު ވަނީ ބުނެފައެވެ.

ހިއޭރޯ އެހެން ބުނި އިރު ފާއިތުވިސީޒަންގެ ފަހު މެެޗު އަލް-ފަތްޙް އާ ދެކޮޅަށް ކުޅުމަށްފަހު އަލް-ނަޞްރުގެ ޖަރސީއާއެކު ރޮނާލްޑޯ ކޮށްފައިވާ ޕޯސްޓެއްގައި އޭނާވަނީ އަލް-ނަޞްރް އާއެކު އޭނާ ލިޔަންފެށި ބާބު ނިމުންކަމުގެ އިޝާރާތެއް ކޮށްފައެވެ.

ނަމަވެސް އަލް-ނަޞްރް އާއެކު އާއެއްބަސްވުމުގައި ސޮއިކޮށް  40 އަހަރުގެ ރޮނާލްޑޯ މިއަދު ވަނީ އޭނާގެ އިންސްޓަގްރާމްގައި "އާ ބާބެއް ފެށުނީ, އެއް ޝައުގެއް,އެއް ހުވަފެން" މިހެންލިޔެ ޖަރސީއާއެކުނަގާފައިވާ ފޮޓޯ ހިއްސާކޮށްފައެވެ.

Advertisement
Advertisement

ރޮނާލްޑޯ އަލް ނަޞްރާއެކުކުރިއަަށް ދިއުމަށް ނިންމާފައިވާއިރު  އަލް-ނަޞްރުގެ ކޯޗު އިޓަލީގެ ސްޓޭފާނޯ ޕަޔޯލީ ވަނީ މީގެ ހަފްތާއެއް ކުރިން އިސްތިއުފާދީފައެވެ. އެހެންކަމުން އަލް-ނަޞްރުގެ ކޯޗުގެ މަޤާމު މިވަގުތު އޮތީ ހުސްކަމެއްގެ ތެރޭގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow