ހަމަ ނިދި ނުލިބޭތަ؟ މިއޮތީ ހައްލު

ހަމަ ނިދި ނުލިބޭތަ؟ މިއޮތީ ހައްލު

ހަމަ ނިދި ނުލިބޭ ފަރާތްތަކައް މިއޮތީ ހައްލު

7 months ago - 08:30
Jan 5, 2024 - 08:39

އިންސާނަ ދިރި ހުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެކައްޗަކީ ނިންޖެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަށިގަނޑަށް ނިދި ބޭނުންވާވަރު ދެނެގަންނާނެ އެންމެ ރަނގަޅު ގޮތަކީ މީހާގެ އުމުރެވެ. އެއީ އެކި އުމުރަށް ބޭނުން ވާނީ ނިދިވެސް އެކި މިންވަރަށް ކަމަށް ވާތީއެވެ. އެގޮތުން ތިން އަހަރާއި ފަސްއަހަރާ ދެމެދުގެ ކުއްޖަކަށް މަދުވެގެން ދިހަގަޑި އިރު ނިދިބޭނުންވާނެއެވެ.

އަދި ހައަހަރާއި ބާރައަހަރާއި ދެމެދުގެ ކުއްޖަކަށް މަދުވެގެން ނުވަގަޑި އިރުގެ ނިދިބޭނުންވާނެއެވެ. މީގެ އިތުރުން ތޭރައަހަރާއި އަށާރަ އަހަރާދެމެދުގެ ކުއްޖަކަށް މަދުވެގެން އަށްގަޑި އިރު ނިދިބޭނުންވާނެއެވެ. ހަމަ އެހެންމެ އަށާރަ އަހަރުން މަތީގެ މީހަކަށް ހަތްގަޑި އިރުގެ ނިދި މުހިންމުވާ ކަމަށް ހޯދުންތަކުން ފެނިފައިވެއެވެ.

ހަމަ ނިދި ހޯދުމަކީ ވަރަށް ކުޑަކުޑަ ކަމަކުންވެސް ހައްލު ކުރެވިދާނެ ކަމެކެވެ.

އެގޮތުން ނިދުމުގެ ކުރިން މާމުއި ސަމުސައެއް ބޭނުން ކުރުމަކީ ހަމަ ނިދި ހޯދުމަށް ކުރެވިދާނެ ވަރަށް ރަނގަޅު އަދި ވަރަށް ފަސޭހަ ކަމެކެވެ.

މާމުއި އަކީ ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެއްކަން ނަބަވީ އިރުޝާދުތަކުންވެސް ވަނީ ހާމަވެފައެވެ. މީގެ އިތުރުން ސައިންސް ވެރިންވެސް ވަނީ މާމުއިގައި އިންސާނާގެ ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭކަން ހޯދުންތަކުގެ އަލީގައި ހާމަކޮށްފައެވެ.

އެހެންކަމުން ހަމަ ނިދިލިބުމުގައި އުނދަގޫވާނަމަ އަޖުމަ ބަލާލަންވެސް މާމުއި ބޭނުންކޮށްލުމަކީ ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow