ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭ ގޮތް ހަދަނީ

ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭ ގޮތް ހަދަނީ

2 hours ago - 14:35
Apr 1, 2026 - 14:36
Advertisement
Advertisement

ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިއަދުން ފެށިގެން ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.


މި އުފާވެރި ޚަބަރު އިޢުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، ގިނަ މަޝްވަރާތަކަކަށްފަހު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ނިންމެވި ނިންމެވުމެކެވެ.


އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:

- އިމަޖަންސީގައި ބަލިމީހަކު އުފުލަންޖެހޭ ހާލަތްތައް.
- މައްޔިތުން އުފުލަންޖެހޭ ހާލަތްތައް.
- ބަލިވެގެން އެނދުމަތިވެފައިވާ މީހުން އުފުލަންޖެހޭ ހާލަތްތައް.
- ވީލްޗެއާ ބޭނުންކުރާ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް.
- ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް.
- ސިއްހީ މަރުކަޒެއްގައި އެނދުމަތިކޮށްފައިވާ މީހަކު އިތުރު ފަރުވާއަށް އެހެން ތަނަކަށް ގެންދަންޖެހޭ ހާލަތްތައް.
- ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދަންޖެހޭ ހާލަތްތައް.
- ތެލެސީމިއާ ބަލިމީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް.

Advertisement
Advertisement

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މިއީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ، ލުއިތަކެއް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑު ޔަގީންކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް." މީގެ އިތުރުން، މި ނިންމުމަކީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބަލަންޖެހޭ ހުރިހާ ދިރާސާތަކެއް ކުރުމަށްފަހު ނިންމި ނިންމުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ސިއްހީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، މީގެ ކުރިން އާސަންދަ ނުލިބޭ އައި.ވީ.އެފް ފަރުވާ ފަދަ ޚިދުމަތްތައްވެސް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.


މިއަދުން ފެށިގެން މި ޚިދުމަތް ރަސްމީކޮށް ތަންފީޒުވާން ފަށާފައިވާއިރު، މިކަމާ ގުޅޭ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ބަދަލާއެކު، ބަލިމީހުން އުފުލުމުގައި އާއިލާތަކަށް ކުރިމަތިވާ މާލީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement