މަޖީދީމަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

މަޖީދީމަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

2 hours ago - 14:45
Advertisement
Advertisement

މާލޭގެ މަޖީދީމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.


ފުލުހުން ބުނި ގޮތުގައި މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދަނީ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން، މަޑުނުކޮށް ފިލައިގެން ގޮސްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.

https://www.youtube.com/watch?v=UR1NZXEl5LQ


ފުލުހުން އެދިފައިވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ މި އެކްސިޑެންޓް ހިނގި މަންޒަރު ދުށް ފަރާތެއްވާނަމަ، އެ މައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށެވެ.

Advertisement
Advertisement


މީގެ އިތުރުން، މިފަދަ ކުށްތައް ކުރާ މީހުންނާއި ތަހުގީގަށް ބޭނުންވާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement