ކާނި ހޮޓަލަށް ޓެކްހަށް މަކަރު ހެދުމުގެ ތުހުމަތު, ދައުވާ ކުރަން ފޮނުވައިފި
ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ ކާނި ހޮޓެލްސްއިން ޓެކްސްއަށް މަކަރު ހަދާކަމަށް ތުހުމަތުކޮށް, ދައުވާ ކުރަން ޕީޖީގައި އެދިއްޖެއެވެ.
ކާނި ހޮޓެލްސްގެ ވެރިންގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނީ މީރާއިންނެވެ. ކާނި ހޮޓެލްސްއިން މާފުށީގައި 4 ގެސްޓްހައުން ހިންގައެވެ. 4 ގެސްޓްހައުސްއިންވެސް ޓެކްސްއަށް މަކަރު ހަދާކަމަށް މީރާއިން ވަނީ ތުހުމަތުކޮށްފައެވެ. އެހަތަރު ގެސްޓް ހައުސް އަކީ ކާނި ޕާމް ބީޗް, ކާނި ގްރޭންޑް ސީވިއު, ކާނި ވިލެޖް އަދި ކާނި ބީޗެވެ.
މީރާއިން ތުހުމަތު ކުރަނީ 2019 ވަނަ އަހަރުގެ ޖެނުއަރީން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ދެމެދު ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށެވެ. މީރާއިން ބުނެފައިވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު (13.3 މިލިއަހް ރުފިޔާ) ކާނި ހޮޓެލްސްއިން އިން ޓެކްސްގެ ގޮތުގައި އިތުރަށް ދައްކަން ޖެހޭ ކަމަށެވެ. ގެސްޓްހައުސް ވިޔަފާރިން އެންމެ ގިނަ ޓެކްސް ދައްކާ ކުންފުންޏަކީވެސް ކާނި ހޮޓެލްސްއެވެ.
މިމައްސަލާގައި މީރާއިން ވަނީ ކާނި ހޮޓެލްސްގެ ތިން ވެރިއަކަށް ޖިނާއީ ދައުވާކޮށްދޭން އެދިފައެވެ. އެއީ ދެ ޑިރެކްޓަރުން ކަމަށްވާ އަބްދުالله ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން އެކައުންޓްސްގައި އިސްކޮށް މަސައްކަތް ކުރާ އައިޝަތު ރަޒުނާ އެވެ.
ރިއެކްޝަންސް