އީރާން އަންދާ އަޅިއަށް ހަދާލާނެކަމުގެ އިންޒާރު އިޒްޜާއިލްއިން  ދީފި
ރޭ އީރާންގެ ހަމަލާއެއް އިޒްރާއިލްއަށް އަރާފައި

އީރާން އަންދާ އަޅިއަށް ހަދާލާނެކަމުގެ އިންޒާރު އިޒްޜާއިލްއިން ދީފި

އިޒްރާއިލްއިން ދާދި ދެންމެއަކު ވަނީ އީރާންގެ ގުދުރަތީ ގޭސް ފާމަށް ހަމަލާ ދީފައި

13 hours ago - 21:19
Jun 14, 2025 - 21:21

އިޒްރާއިލްއާއި އީރާން ގެ މެދުގައި ފާއިތުވި ދެ ދުވަހު ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކަށްފަހު "އީރާން އަންދާ އަޅިއަށް ހަދާލާނެ" ކަމުގެ އިންޒާރު އިޒްރާއިލްއިން ދީފިއެވެ.

އިޒްރާއިލްއިން ބުރާސްފަތި ދުވަހު ފެށި ހަމަލާތަކުގައި ރެއާއެކު އީރާނުން 80 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 20 ކުޑަކުދިންވެސް ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އިޒްރާއިލްއިން ހަމަލާތަކުގައި މަރުވެފައިވަނީ 4 މީހެކެވެ.

އީރާނުގެ ނޫސްތަކުން ވަނީ އީރާނުން އެންމެ ފަހުގެ އެފް-35 ގެ ތިން ފައިޓަރ ޖެޓް ވައްޓާާލާފައިވާކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް އީރާންގެ އަސްކަރިއްޔާއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އީރާންގެ ރަސްމީ ނޫސް  'އިރްނާ' އަދި ތަސްނިމް އާއި ޓައިމްސް އޮފް ތެހްރާން އިންވެސް ވަނީ  އަސްކަރީ މަސްދަރުތަކާ ހަވާލާދީ ޖެޓްތައް ވައްޓާލާފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

އީރާންގެ ހާރިޖީ ސިޔާސަތު އެނަލައިޒް ކުރައްވާ މޮސްތަފާ ކޮޝްޝެޝަމް  ވިދާޅުވި ގޮތުގައި އިޒްރާއިލްއިން ކިތަންމެ ހަމަލާއެއް ދިންނަމަވެސް އީރާންގެ މިސައިލް ރިޒާވަށް ހަމަލާ ދިނުމުގައި ވަނީ ނާކާމިޔާބުވެފައެވެ.

Advertisement
Advertisement

"އީރާނުގައި އެތައް ސަރަހައްދެއް ހުންނާނެ މިސައިލް ރައްކާކުރާ. އަދި ބިމުއަޑީގެ ވެސްއެތައް ސަރަހައްދެއް ހުންނާނެ މިސައިލް ރައްކާކޮށްފަ. އެތަންތަނުގަ އެތައްސަތޭކަ ހާސް މިސައިލް ދިޔާތަކެތި އަދި ހަރު މިސައިލް ފިއުލްވެސް ހުންނާނެ.އެތަންތަން ހުރީ ސަލާމަތުން" ކޮޝްޝެޝަމް ބުނެފައި ވެއެވެ. 

އިޒްރާއިލްއިން ވަނީ މީގެ ކުޑައިރުކޮޅޭއް ކުރިން އީރާނުގެ ދެކުނުގެ ސަހަރެއްގައި އޮންނަ ކަންގަން ބަނދަރަށް ހަމަލާއެއް އަމާޒުކޮށްފައެވެ.

އެސަރަހައްދުން ބޯ ދުމާއެކު އަލިފާންގަނޑު ފެންނަށް ހުރި ކަމަށް އަލްޖަޒީރާގައި ދާދީ ދެންމެއަކު ވަނީ ރިޕޯޓްކޮށްފައެވެ.މި ޕޯޓް އަކީ އީރާންގެ ދެކުނުގައި ގޭސް ރައްކާކުރާ ފާމަކާއި ކައިރީގައި އޮންނަ ބަނދަރެކެވެ. އެއީ ގުދުރަތީ ގޭހުގެ ދުނިޔޭގެ އެންމެ ބޮޑު ފާމެވެ. ހަމަލާދިނީ ސީދާ ފާމަށްކަމެއް އަދި މުޅިން ޔަޤީނެއްނޫނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow