އެމްއެމްޕީއާރްސީ،  ޚިޔާނާތުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލާނަން-ރައީސް

އެމްއެމްޕީއާރްސީ، ޚިޔާނާތުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލާނަން-ރައީސް

2 months ago - 12:10
Jul 8, 2024 - 17:46
Advertisement

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލައި، އެކުންފުނިން ގެއްލުނު ފައިސާ ހޯއްދަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވަހަކަ ދައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ މައްސަލަ  ބައްލަވާނެ ކަމަށާއި، ވަކި މީހެއް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯއްދަވާނެ ކަމަށާއި  އެއީ ރާއްޖެއިން ބޭރުގައި ފޮރުވާފައި  ހުރި ފައިސާ ކަމުގައިވިނަމަވެސް ބޭރުގެ އެހީތެރިކަމާއެކު އެ ފައިސާތައް ހޯއްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

އަދި ރައްޔިތުންގެ ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށާއި ކޮރަޕްޝަނުގެ  ޢަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ރިޔާސީ ކޮމިޝަނެއް ހަދައި އެތަނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުވާއިރު ގެއްލިފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ހޯދިފައިނުވާ ކަމަށެވެ.

Advertisement

"އެކަން މި ސަރުކާރުން ނިމުމަކަށް ގެންނާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދުމުގެ އަމަލުތައް ކޮށްފައިތިބި ފަރާތްތަކުގެ ކިބައިން އެ މުދާ ރިކަވާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، އެގޮތުން އެމަސައްކަތް ހަރުދަނާކޮށް ކުރުމަށްޓަކައި އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ހަދަން ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީއަށް ހާއްސަކޮށް ގާނޫނު ހަދާއިރު އެފަދަ ފައިސާ ކާމިޔާބުކަމާ އެކު ހޯދުމަށް ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުންނަ ފައިސާ ވެސް ހޯދޭނެހެން، ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރެކޮމެންޑޭޝަންތައް ވެސް ބިލްތައްޔާރު ކުރުމުގައި ހޯއްދަވާނެ ކަމަށް  ވިދާޅުވި އެވެ.

"އޭރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ވައްކަންކޮށްގެން ރާއްޖޭގައި ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން، ރާއްޖެއިން ބޭރަށް އެއްޗެއް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވެގެންދާނެ. އަޅުގަނޑު ކަންބޮޑެއް ނުވޭ މިކަން ކުރުމުގައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ ސަރުކާރު ތެރޭގައި އަބަދު ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރައްވާނެ ކަމަށާއި ރައްޔިތުންގެ ފައިސާ ހޯދަން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވާ ފައިސާގެ މައްސަލަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން އެންމެ އިސްކަމެއްދޭނެ އެއް މައްސަލައަކީ، އެ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުން." ރައީސް ވިދާޅުވި އެވެ. "އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭން ޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދއިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،"

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނިމިދިޔަ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް ބެއްލެވި އެވެ. އަދި އެ މައްސަލައިގެ ދެ ހުކުމެއް، އެމައްސަލަ ހިނގިއިރު ރައީސަކަށް ހުންނެވި، ރައީސް ޔާމީންގެ މައްޗަށް ވެސް ކުރެއްވި އެވެ. އެ ދެ ހުކުމުން އެއްހުކުމުން ސްޕީމް ކޯޓާ ހަމައިން ސަލަމަތްވި، އެމައްސަލައިިގެ ޗެކް ނަންބަރުގެ އަދަދެއް އިސްފަސްވެފަި އޮތުމުންނެވެ. އަނެއްމައްސަލައިގެ ހުކުމުގައި ހައިކޯޓާ ހމައިން ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރ ފަހުން ނާއިބު ރައީސަކަށް ވެސް ހުންނެވި އަދީބާއި ޒިޔަތުގެ މައްސަލައިގެ ހުކުން ތަންފީޒުކޮށް ފަހުން ވަނީ މާފު ލިބިގެން ސަލާމަތްވެފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement