ނުއުފުލޭވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެ-މިނިސްޓަރ
ޕީއެންސީ ހަރުގެ ޖަލްސާގައި މިނިސްޓަރ ސައީދު ރޭ ވާހަކަ ދައްކަވަނީ

ނުއުފުލޭވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެ-މިނިސްޓަރ

3 months ago - 12:54
Jul 8, 2024 - 17:52
Advertisement

ރާއްޖެއަށް ބުރަ ނުއުފުލޭނެވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ ދާނީ އިޤްތިޞާދީގޮތުން ކުރިއަށްކަމަށެވެ. އެގޮތުން ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި، ވަޢުދުތައް ވެސް ދާނީ ފުއްދަމުންކަމަށް ވިދާޅުވިއެވެ. 

"ދެން މި ރާއްޖެއަކުން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން, ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި. އޭރުން ވިޔަފާރިތައް އިތުރުވެ، ވަންނަ އާމްދަނީ އިތުވެ، އިޤްތިޞާދީ ބުރަ ކުޑަވާނެ." ސަޢީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން، ބޭރުގެ ޑިވެލޮޕްމަންޓް ބޭންކްތަކުން ރާއްޖެއަށް ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މާލީ ޖަމިއްޔާތަކަށް ރާއްޖޭގެ ޙާލަތު ބުނެދެމުންދާކަމަށާއި، ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، މި ޙާލަތުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށްވެސް މިހާރު ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement

ރާއްޖޭގެ ރޭޓިން ބީ-ޕްލަސްއިން ސީ.ސީ.ސީ-މައިނަސްއަށް ދާން މެދުވެރިވި ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވީ  ބެލުމެއް ނެތި ނެގި ދަރަނި ތަކުގެ ސަބަބުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ ރިފޯމް މަސައްކަތުގައި އިސްކަމެއް ދެއްވާނީ، ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށްކަމަށެވެ. އެހެންނަމަވެސް މިވަގުތަކީ ޢިޤްތިޞާދީ ތަރައްޤީއަށް ލޯނާ ދަރަނި ނެގޭ ޙާލަތުގައި އޮތް ވަގުތެއް ނޫންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން މިވަގުތު ކުރަމުންދާ މަސައްކަތަކީ ބޭރުގެ މާލީ އިދާރާތަކަށް މިވަގުތަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު އަދި 1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކަމަށެވެ. 

ސާރުކާރުން މިވަގުތު ދަނީ ޤައުމުގެ ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މުއައްސަސާތަކަށް އަންގާ، ހަމަ މިއާއެކު  މިނިވަން ދުވަހުގެ ކުޅިވަރުތަކާއި ރިސެޕްޝަން ވެސް މިހާރު ވަނީ ކެންސަލް ކުރައްވަފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement