އީރާނުގެ އިންތިޚާބީ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ  މަރުޙަބާ ވިދާޅުވެއްޖެ
އީރާނުގެ އިންތިޚާބީ ރައީސް ޑރ. މަސްއޫދު ޕީޒެޝްކިއާން

އީރާނުގެ އިންތިޚާބީ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

2 months ago - 19:54
Jul 8, 2024 - 18:07

އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ.މަސްއޫދު ޕީޒެޝްކިއާން އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު  މަރުހަބާ ދަންނަވައިފި އެވެ. 

އެކްސްގައި ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޒެޝްކިއާން އަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ އާއި އީރާނާ ދެމެދުގައި އޮންނަގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.  އަދި އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަ ގާއިމްކުރުމަށް، އީރާނުން ކުރަމުން އަންނަ މަސައްކަތަކަށް ކާމިޔާބީ އަށް ވެސް  ރައީސްގެ  މެސެޖުގައި އެދިވަޑައިގެންނެވި އެވެ.

އިރާނުގެ މި ބޭއްވުނު ރިޔާސީ އިންތިހާބަކީ އެ ގައުމުގެ ރައީސަކަށް، ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ވެއްޓި،  މަނިކުފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމަށް އާ ރައީސަކު އިންތިހާބުކުރުމަށް ބޭއްވި އިންތިހާބެކެވެ. 

ހަ ބޭފުޅުން ވާދަކުރެއްވި މި އިންތިޚާބު ޑރ. ޕީޒެންސްކީ ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި 53.7 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި، އީރާނުގެ ނުއުކުލިއަރ މަޝްވަރާ ތަކުގައި ކުރިން އުޅުއްވި މަންދޫބު، ސައީދު ޖަލީލީ އަށް ލިބިވަޑައިގެންނެވީ، 44.3 ޕަސެންޓް ވޯޓެވެ. 

އުމުރުން 69 އަހަރުގެ އީރާނުގެ އިންތިޚާބީ އާ ރައީސް ޕީޒެޝްކިއާން އަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާ އެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް އިންތިޚާބުން ބަލިވި، 58 އަހަރުގެ ޖަލީލީ އަކީ ހުޅަނގާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow