ސީއީއޯ ކަމުން އިމާދު ވަކިކުރީ އެންޑީއޭގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދާތީ: ޗެއަރޕާސަން
އިމާދު ޞާލިޙު

ސީއީއޯ ކަމުން އިމާދު ވަކިކުރީ އެންޑީއޭގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދާތީ: ޗެއަރޕާސަން

3 months ago - 16:36
Advertisement

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހު އެ މަގާމުން ވަކިކުރީ، އޭނާގެ ބެލުމުގެ ދަށުން އެންޑީއޭގެ މަސައްކަތް ރަނގަޅަށް ނުދާތީ ކަމަށް، އެ ބޯޑުގެ ޗެއާޕާސަން އަދި ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު  ވިދާޅުވެފައިވެ އެވެ.

ލުބުނާ ވިދާޅުވެފައިވާ ގޮތުގައި އިމާދު މަގާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި، އެންޑީއޭގެ ބޯޑު މީޓިންގައި، އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބުދަދުވަހު ބޭއްވި އެންޑީއޭގެ ބޯޑު މީޓިންއަކީ މިސަރުކާރު ވެރިކަމަށް އައިސްގެން އެކުލަވާލި ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް މެއެވެ.

ލުބުނާ ވިދާޅުވެފައިވާ ގޮތުގައި ސީއީއޯގެ މަގާމުން އިމާދު ވަކިކުރަން ނިންމީ، އެންޑީއޭގެ އެސެސްމަންޓެއް ހެދުމަށްފަހު އޭގެ ނަތީޖާއަށް ބެލުމަށްފަހުގަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތު ދަމަހައްޓަން ކުރެވިފައި ހުރި މަސައްކަތްތަކާއި ނުކޮށް ހުރި މަސައްކަތްތައް އިވެލުއޭޓް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން ގެންދަން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދިޔުމާއި ޕެންޑިން މަސައްކަތްތައް ގިނަވުމާއި ފަރުވާ ދިނުން ލަސްވުން ފަދަ ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ. އަދި އިމާދު މަގާމުން ވަކިކުރުމަކީ، ފަރުވާގެ ފުރުސަތުތައް އަވަސްކޮށް، އެންޑީއޭ ކުރިއަރުވަން މަގުފަހި ކުރުމަށް އެޅި ފިޔަވަޅެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

Advertisement

އެންޑީއޭގެ ސީއީއޯގެ މަގާމާ އިމާދު ހަވާލުވެވަޑައިގެންނެވީ 2022ގެ ނޮވެމްބަރުގަ އެވެ. އެއީ އެމަގާމުގައި މީހަކު ނެތި ހަމަސްވުމަށް ފަހު އެވެ.

މިދިޔަ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު، އެންޑީއޭ ގެ މަސައްކަތް، ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް އޮތީ ބަދަލުކޮށްފަ އެވެ. 

ނަމަވެސް، ސަރުކާރު ބަދަލުވުމާއެކު މިސަރުކާރުން ވަނީ އެންޑީއޭ ގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށް ބެލުމަށްފަހު އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމާފައި ވަނީ އެއީ ސިއްޙީ މައްސަލައެއް ގޮތުގަ އެވެ. މިކަމާގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ މިއީ މި ސަރުކާރަށް  ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement