ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ މިއަދު

ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ މިއަދު

މިއަދު އެކަނި ރާއްޖެއަށް އައިސްފައިވަނީ 10،213 ފަތުރުވެރިން.

5 months ago - 15:32
Feb 11, 2024 - 15:32

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މިއަދު ވެއްޖެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިއަދު އެކަނި 10،213 ފަތުވެރިން އައިސްފައި ވެއެވެ.

މިކަމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަދަ ތާރީޚީ ރެކޯޑެއް ހެދުނު މި ދުވަހުގެ މުނާސަބަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

މި މަހަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަންކަން ރެކޯޑުކުރެވިފައިވާ މަހެކެވެ.

އެގޮތުން އިއްޔެވެސް ގާތްގަނޑަކަށް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މީގެ ކުރިން އެންމެ ގިނައިން އެއްދުވަހެއްގައި އައިސްފައިވަނީ 8000 ފަތުރުވެރިންނެވެ. އެއީ މީގެ ދެހަފްތާ ކުރިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow