ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. އަނިޔާވި މީހާގެ ހާލު ސީރިއަސް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. އަނިޔާވި މީހާގެ ހާލު ސީރިއަސް

"ވަރަށް ބައިވަރު ލޭ ފައިބާފަ އޮތީ. ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށް ބޭރުން ފެންނަނީ ބޮލަށް" މަންޒަރު ދުށް މީހަކު އަމާޒް މީޑިއާއަށް މައުލޫމާތު ދިނެވެ.

7 months ago - 09:02
Jan 10, 2024 - 11:51
Advertisement

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވެފައިވަނީ ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

"ވަރަށް ބައިވަރު ލޭ ފައިބާފަ އޮތީ. ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށް ބޭރުން ފެންނަނީ ބޮލަށް" މަންޒަރު ދުށް މީހަކު އަމާޒް މީޑިއާއަށް މައުލޫމާތު ދިނެވެ.

Advertisement

އެނގިފައިވާ ގޮތުގައި އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރައެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ އަމާޒް މީޑިއާއާ ވާހަކަ ދެއްކި އާއިލާ މީހަކު ބުނީ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށާއި މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާ ދުއްވާފައި ދިޔަ ސައިކަލު ފާރެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ ފުވައްމުލަކު ފުނާޑު ވިދާ އަލީ އަދުނާނު މުޙައްމަދަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement