'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖެ 2.0 ޑިޖިޓަލް ސަމިޓް އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްފި

6 hours ago - 00:23
May 10, 2025 - 00:24
Advertisement
Advertisement

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްފިއެވެ. ދާދިފަހުން މާލޭގައި ހުޅުވި ބާސެލޯ ނަސަންދުރައިގައި ސަމިޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

މިއީ ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތުގެ ފެށުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މިމަސައްކަތް ކުރަނީ އެސްޓޯނިއާ ސަރުކާރުގެ އެހީގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެން ދިޔަ ކަމެކެވެ. ސައމިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައިވެސް އެސްޓޯނިޔާ ސަރުކާރުގެ ފަރާތުން މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި 'ދިވެހިރާއްޖެ 2.0 މަޝްރޫޢު ފުރިހަމަ ކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކޮށް ރާއްޖެއަށް އެންމެ ފެތޭނެގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެކަމަށް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ 2.0 އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.

Advertisement
Advertisement

ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަލައިޒޭޝަން ތަސައްވަރު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ.

ސަމިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement