ގޯލްޑަން ފުޓްސަލް ޗެލެންޖު: ހދ އަދި ރ އަތޮޅު މެޗްތައް މިރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖު: ހދ އަދި ރ އަތޮޅު މެޗްތައް މިރޭ

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ މެޗްތަށް ރޭ ކުޅެންފަށައިފާވާއިރު ރޭގެ މެޗުތަކުން ހއ. މާރަންދޫ, ހއ. އިހަވަންދޫ, ހއ. އުތީމު, އަދި ހއ. ހޯރަފުށި ކާމިޔާބުކުރިއިރު, ހއ. ބާރަށް އަދި ހއ. ކެލާ ކުޅުނު މެޗު އެއްވަރު ވެއްޖެ

6 months ago - 15:35
Jan 16, 2024 - 18:16

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ މެޗްތަށް ރޭ ކުޅެންފަށައިފާވާއިރު ރޭގެ މެޗުތަކުން ހއ. މާރަންދޫ, ހއ. އިހަވަންދޫ, ހއ. އުތީމު, އަދި ހއ. ހޯރަފުށި ކާމިޔާބުކުރިއިރު, ހއ. ބާރަށް އަދި ހއ. ކެލާ ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ އަށް މެޗު ކުޅެފައިވާއިރު, ފުރަތަމަ މެޗުގައި މާރަންދޫ އިން ފިއްލަދޫ 3-0 ގެ ނަތީޖާއިން ބަލިކުރިއިރު އިހަވަންދޫ އިން މުރައިދޫގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. 

ރޭ އުތީމުން ތުރާކުނުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

ރޭ ހޯރަފުށިން ތަކަންދޫގެ މައްޗަށް ކުރިހޯދީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ހއ. އަތޮޅުގެ ފަހު މެޗުގައި ކެލާ އާއި ބާރަށް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ރޭ ހއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގއ. އަތޮޅުގެ މެޗުތައް ވެސް ވަނީ ކުރިއަށް ގޮސްފަ އެވެ. އެގޮތުން ގއ. އަތޮޅު މާމެންދޫ ވަނީ ނިލަންދޫ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، ރޭ ގއ. ގެމަނަފުށިން އެ އަތޮޅު ދާންދޫގެ މައްޗަށް ވަނީ3-2 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި މިރޭ ވެސް ވަނީ 8 މެޗް ކުޅުމަށް ހަމަޖެހިފައެވެ. މިރޭ ކުޅޭނީ ހދ އަތޮޅު އަދި ރ އަތޮޅު މެޗްތަކެވެ. މިރޭ 20:00 ގައި ބައްދަލު ކުރާނީ  ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހދ.ފިނޭއާއި ހއ. ހަނިމާދޫއެވެ. އަދި ރެހެންދި ފުޓްސަލް ދަނޑު 2 ގައި ހދ. ވައިކަރދޫއާއި ހދ. މަކުނުދޫއެވެ.

3 ވަނަ އަދި 4 ވަނަ މެޗްތަށް ފަށާނީ  21:00 ގައެވެ.  ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހދ. ކުޅުދުއްފުށްޓާއި ހދ. ނޮޅިވަރަންފަރެވެ.

ރެހެންދި ފުޓްސަލް ދަނޑު 2 ގައި ހދ. ނޭކުރެންދޫއާއި ބައްދަލު ކުރާނީ ހދ. ނައިވާދޫއެވެ. 5 ވަނަ އަދި 6 ވަމަ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ 22:00 ގައެވެ. މި މެޗްގައި  ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހދ. އަތޮޅުގެ ނެއްލައިދޫއިން ނުކުންނާނީ ހދ. ނޮޅިވަރަންއާ ދެކޮޅަށެވެ. 

ރެހެންދި ފުޓްސަލް ދަނޑު 2 ގައި ރ. އަޅޮޅު ފުރަތަމަ މެޗް ގައި ރ. ފައިނު ނުކުންނަނީ ރ. އިނގުރައިދޫއާ ދެކޮޅަށްށެވެ.

މިރޭގެ ފަހު ދެ މެޗުގައި ބައްދަލުކުރާނީ ރ. ދުވާފަރު އަދި ރ. އަލިފުއްޓެވެ. އަދި ދެވަނަ މެޗުގައި ރ. މިދޫ ނުކުންނާނީ ރ. މަޑުއްވަރީއާއި ދެކޮޅަށެވެ.

މިފަހަރު ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރާއްޖޭގެ 20 އަތޮޅުން މި މުބާރާތުގައި މި ފަހަރު ޖުމްލަ 129 ޓީމް ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތުގައި ޖުމުލަ 320 މެޗް ކުޅޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅިރާއްޖެއަށް ހުޅުވާލައިގެންބާވާ އެންމެ ބޮޑު ފްޓްސަލް މުބާރާތެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow