ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ސްޕެއިން އާއި ބްރެޒިލްގެ އެކުވެރިކަމުގެ މެޗެއް ކުޅެނީ
ބްރެޒިލްގެ ފޯވާރޑް ވިނިސިއަސް - އެލެކްސް ކެޕަރޯސް/ގެޓީ އިމޭޖްސް

ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ސްޕެއިން އާއި ބްރެޒިލްގެ އެކުވެރިކަމުގެ މެޗެއް ކުޅެނީ

ނަސްލީ ތަފާތުކުރުން ތަކާއި ދެކޮޅަށް ސްޕެއިން އާއި ބްރެޒިލްގެ އެކުވެރިކަމުގެ މެޗެއް މާޗް 26 ގައި ކުޅެން ނިންމައިފި

6 months ago - 12:20
Jan 16, 2024 - 12:27

ނަސްލީ ތަފާތުކުރުން ތަކާއި ދެކޮޅަށް ސްޕެއިން އާއި ބްރެޒިލްގެ އެކުވެރިކަމުގެ މެޗެއް މާޗް 26 ގައި ކުޅެން ނިންމައިފި އެވެ

ނަސްލީ ތަފާތުކުރުންތަކަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން މާޗް މަހުގެ 26 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ބާނާބޭއު ސްޓޭޑިއަމްގައި ބާއްވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ސްޕެއިން ބްރެޒިލްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ސްޕެއިންގައި އިދިކޮޅު ސަޕޯޓަރުން މެޑްރިޑްގެ ފޯވާޑް ވިނިސިއަސް ޖޫނިއާއަށް ތަކުރާރުކޮށް ނަސްލީ ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ބައިނަލްއަގްވާމީ ދެ ފުޓްބޯޅަ ފެޑެރޭޝަނުން ގުޅިގެން އެކުވެރިކަމުގެ މެޗެއް އިންތިޒާމްކޮށް، "އެއް ހަންގަނޑެއް" ގެ ތީމްގެ ދަށުން އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މިވަނީ ކެމްޕެއިން ފަށާފައެވެ.

ބްރެޒިލްގެ ވިނިސިއަސް މީގެ ފަސް އަހަރު ކުރިން ސްޕެއިންއަށް ކުޅެން އައި ފަހުން ނަސްލީ ތަފާތުކުރުންތަކުގެ އަނިޔާތައް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި މެސްޓަލާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗެއް ދެވަނަ ހާފުގެ ތެރޭގައި ހުއްޓާލީ ވެލެންސިއާގެ ގޯލުގެ ފަހަތުގައި ތިބި ސަޕޯޓަރަކު އޭނާއަށް ނަސްލީ ގޮތުން ގޯނާކުރި ކަމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިނގުމުންނެވެ. އެ މެޗަށް ފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގައި ވިނިސިއަސް ބުނީ "ލާލީގާގައި ނަސްލީ ތަފާތުކުރުން އާންމު" ކަމަށާއި "ބްރެޒިލްގައި ސްޕެއިން މަޝްހޫރުވެފައިވަނީ ނަސްލީ ތަފާތުކުރުންތަކުގެ ގައުމެއްގެ ގޮތުގައި" ކަމަށެވެ. 

ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީޖީއެފް) އާއި އެގައުމުގެ ސަރުކާރުން ވަނީ ވިނިޝިއަސް އަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސްޕެއިންގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. 

ލާލީގާއިން ވަނީ ވިނިސިއަސްއާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ ފުރައްސާރަ ނުވަތަ ޝުއޫރު ފާޅުކުރުމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން ބައެއް ޝަކުވާތައް ޕީޖީން ވަނީ ޝެލްފްކޮށްފަ އެވެ.

އޮކްޓޯބަރު މަހު ލާލީގާއިން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ސޯޝަލް މީޑިއާގައި ނަސްލީ ތަފާތުކުރު ދެނެގަންނާނެ ނިޒާމެއް ތައާރަފްކޮށްފައެވެ، އެގައުމުގެ ރައީސް ހާވިއާ ޓެބާސް ވަނީ އޭނާގެ އެއް ނާކާމިޔާބީއަކީ "ސްޕެއިން ފުޓްބޯޅައިގައި ހުރި ވަކި ނަސްލީ ތަފާތު މައްސަލަތަކެއް ކުރިން ފާހަގަ ނުކުރުން" ކަމަށް އެއްބަސްވެފަ އެވެ.

ސްޕެއިން އެންމެ ފަހުން ބްރެޒިލްއާ ދެކޮޅަށް ކޮޅެފައިވަނީ  ކޮންފެޑެރޭޝަންސް ކަޕްގައެވެ. މިއީ ދެގައުމު ބައްދަލުކުރާ 10 ވަނަ ފަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow