"ފިސާރި" ފުދުންތެރި ކަނބަލަކަށްވާން ބޭނުން؟ މިއޮތީ ޙައްލު.

"ފިސާރި" ފުދުންތެރި ކަނބަލަކަށްވާން ބޭނުން؟ މިއޮތީ ޙައްލު.

ފުދުންތެރި ކާމިޔާބު އަންހެނަކަށް ވާން ބޭނުމިއްޔާ ތިރީގައިވާ ސިފަތަކަށް ގައިގައި އަށަގަނެވޭތޯ ބަލަމާ ހިގާށެވެ.

7 months ago - 14:59
Jan 1, 2024 - 01:36

އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމުގެ ކަންކަންއަމިއްލައަށް ކުރެވޭ ވަރުގެ މީހަކަ ވުމަކީ އޭގެ ޒާތުގަވެސް މީހާ ބާރުވެރިވެގެންދާކަމެކެވެ. އަންހެނަކަށް ވީތީ ތިބާ އަމިއްލަ ފައިމައްޗަށް ތެދުވާން ކުރަންޖެހޭ މަސައްކަތް ތަފާތުވެފަ ބުރައޭ ބައެއްފަހަރު ހީވާފަހަރު ވަރަށް ގިނައިން އަންނާނެއެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެހުރި އަންހެނަކަށް ވުމަށްޓަކައި ތިބާއަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ދުޅަހެޔޮ، އަމިއްލަ ނަފްސަށް އަޅާލެވޭ މީހަކަށް ވާންޖެހެއެވެ. ހަނދާނުގަ ބަހަށްޓަންވީ ކަމަކީ އަމިއްލަ ފައިމައްޗަށް ތެދުވެހުރި އަންހެނާއަކީ، ކޮންމެހެން އެހެން މީހުންގެ އެހީތެރިކަން ނުހޯދާ މީހެއް ނޫންކަމެވެ. ނަމަވެސް އެމީހާއަކީ އަމިއްލަ ނަފްސުގެ އަގުވަޒަން ކުރުމުގައި ފުދުންތެރި މީހަކަކަށް ވާހާލު އެހެންމީހުންގެ އެހީތެރިކަން ހޯދުމަކީ އަމިއްލައަށް އޮތް ފުރުސަތެއްކަން ދަނެގެން ކުރިއަށްދާ މީހާއެވެ. 

ފުދުންތެރި ކާމިޔާބު އަންހެނަކަށް ވާން ބޭނުމިއްޔާ ތިރީގައިވާ ސިފަތަކަށް ގައިގައި އަށަގަނެވޭތޯ ބަލަމާ ހިގާށެވެ.

އަމިއްލަ ނަފްސުދެނެގަތުން

ކޮންމެ މީހަކީވެސް އަމިއްލަ ނަފްސުގައި، ތިބާއަށް ބަލައިގަނެވޭ ކަންކަމާއި ބަލައި ނުގަނެވޭކަންކަން ހުންނާނެމީހެކެވެ. ކުރިއަރުވަންޖެހޭ ކަންކަން ހުންނާނެ މީހެކެވެ. މިގޮތުން އަމިއްލަ ނަފަސު ދެނެގަންނަން  ތިބާއަކީ ކާކު؟ ކޮންކަމަކުން އެންމެ ހިންހަމަ ޖެހުންލިބެނީ؟ މިފަދަ ސުވާލުތަކުގެ ޖަވާބުތައް ހޯދަން ޖެހޭނެއެވެ. މިއާއިއެކީގައި ތިބާ ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ދެނެގަނެ އެކަންތައްތައް ބޭނުންވާ ސަބަބުތަށްވެސް އެއްވެސް ޝައްކެއްނެއް މިންވަރަށް ދެނެގަތުން ވަރަށް މުހިންމެވެ.

އަމިއްލަ ނަފްސު ދެކެ ލޯބިވުން
ތިބާގެ އުނިކަންތައްތަކާއި ތިމާމީހާގެ އަމިއްލަވަނަތަކަމާއި، ބުރުސޫރަ ﷲ ސުބުހާނަޢޫ ވަތަޢާލާ އުފައްދަވާފައިވަނީ އެންމެ ފުރިހަމައަށްކަން ގަބޫލުކޮށްގެން އަމިއްލަ ނަފްސަށް އިތުބާރު ކުރާ، އަމިއްލަ ނަފްސުގެ އަގުވަޒަންކުރާ މީހަކަށް ވާންވާނެއެވެ. މީހުންގެ ފަރާތުން ތިބާ ދަށްކޮށްލާ ބަސްތަކާއި ކަންތައްތައް ދިމާވާނޭކަމާއި އެކަންތައްތަކާ ކުރިމަތިލާނީ ތިބާއަކީ ހެއްދެވި ފަރާތުގެ ޚަލްޤެއްކަން ހަނދާންކޮށް، އެބަސްތަކުގެ ސަބަބުން އަމިއްލައަށް ދަށްވެ ނަފްސު ނަގާނުލާ ހިތްވަރާއެކީ ކުރިއަށްދިއުމަށް ވަރުގަދަ އަޒުމެއްގައެވެ.

ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ދެނެގަނެ އެކަންކަން ޙާސިލްކުރުމަށް މަސައްކަތް ކުރުން

ވަރަށް ގިނަ ފަހަރަށް އަންހެނުންނަކީ ދަރިފުޅާއި ފިރިމީހާއަށް އަމިއްލަ ނަފްސަށްވުރެ މާ ބޮޑު އިސްކަމެއް ދެވޭ ބަޔެކެވެ. ދަރިފުޅަށާއި ފިރިމީހާއަށް ވެސް އިސްކަން ދޭން ވާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށްޓަކައި ކަނޑައެޅޭ ވަކިވަގުތެއް ހޭދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ނަސޭހަތްތެރިން ލަފާދެއެވެ. މިގޮތަށް އަމިއްލަ ނަފްސާއެކީ ވަގުތު ހޭދަކުރާއިރު ތިބާ ޙާސިލްކުރަންބޭނުންވާ ކުދި އަދި ބޮޑެތި ލަޑުދަނޑިތައް ކަނޑައަޅައި އެއަށް ކުރެވޭ މަސައްކަތްތަށްވެސް ވިލަރެސް ކުރުމަކީ ކުރެވިދާނެ މުހިންމުކަމެކެވެ. ލަނޑުދަނޑިތައް ކަޑައަޅައި އެކަންކަން ޙާސިލްކުރަން މަސއްކަތް ކުރުމަކީ ތިބާގެ އަމިއްލަ ނަފްސަޝާއި ކުރާމަސައްކަތްތަކަށްވެސް ކުރިއެރުންލިބި ތަރައްޤީވެގެންދާ ކަމެކެވެ. މިއީ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނުހަނު ބޭނުންތެރި ކަމެއްވެސް މެއެވެ.

ރަނގަޅު ކުރަންޖެހޭ އާދަތައް ހުރިކަން ޤަބޫލުކޮށްގެން ރަނގަޅުކުރުމަށް މަސައްކަތް ކުރުން
ކޮންމެ މީހެއްގެވެސް ރަނގަޅު ކުރަންޖެހޭ އާދަތައް ހުންނާނެއެވެ. އަހަރެމެންގެ ކަށީގައި ހިފާފައި ހުންނަ އާދަތައް ބަދަލުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނެއް ކަމަކު، އެހެން މީހަކަށްޓަކައި ބަދަލުނުވިޔަސް، އަމިއްލަ ނަފްސު އެހާ ފަސޭހަ ކަމެއްނޫނެވެ. އެހެންނަމަވެސް ނާދިރު ކަމެއްވެސް ނޫނެވެ. ވީމާ ތިބާގެ ކަށީގައި ހިފާފައި ހުރި ބަދަލުކުރަން ބޭނުންވާ އާދަތައް ދެނެގަނެ، އެއާދަތަކަކީ ތިބާގެ ނަފްސު ކުރިއަރުވާ ކަންތައްތަކެއް ކަމަށް ހަދާށެވެ.

ހުރިހާކަމެއްގައި އެހެންމީހުންނަށް ބަރޯސާވާ މިހަކަށް ނުވުން

ކޮންމެ އިންސާނަކީވެސް ދުނިޔޭގެ ދިރިއުޅުން ކާމިޔާބު ކުރުމަށް އެހެންމީހުންގެ އެހީ ހޯދަންޖެހޭނެ މީހެކެވެ.

އެހެންނަމަވެސް ފިސާރި އަންހެނަކަށް ވުމަށްޓަކައި ތިބާއަށް އެކަނި ކުރެވޭނެ ކަންކަމުގައި އަނެކާގެ އެހީ ނުހޯދާވެސް ކުރިއަށްދާންޖެހޭނެވެ. މިއީ ދުނިޔޭގެ އާދައެވެ. ކާމިޔާބު މީހާއަކީ އެހެންމީހުންގެ އެހީހޯދިޔަސް، ތިމާގެ އަމިއްލަ  ކަންކަމަކީ ތިމާގެ ޒިންމާއެއް ކަމަށް ދެކިގެން ކުރިއަށްދާ މީހުންނެވެ.

ދިމާވާ ގޮތްޖެހުންތަކުގެ ސަބަބުން ފަހަތަށް ނުޖެހުން
ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށޭ ބުނެއުޅެއެވެ. އެހެންކަމުން، އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. ފިސާރި އަންހެނުންނަކީ ދިމާވާ ކޮންމެ ގޮންޖެހުމަކަށް ނުވަތަ ދަތިއުނދަގޫ ހާލަތްތަކުގެ ކުރިމަތީގައި އަޒުމް ގުޑާނެ ބައެއް ނޫނެވެ. ވެއްޓުމަށްފަހު، މިފަދަ އަންހެނުން ދެންދުއްވައިގަންނާނީ ކުރިއަށްވުރެ ބާރަށެވެ. އެހެނީ އޭނާގެ ހިތްވަރަކީ އޭނާގެ އަމިއްލަ ނަފްސުން ނެރޭ އެއްޗެއް ކަމަށްވާތީއެވެ. އޭނާއަކީ މާތްރަސްކަލާނގެ ހަނދުމަކޮށްގެން ދިރިއުޅުމާއިގެން ކުރިއަށްދާނެ މީހެކެވެ.

އެހެންމީހުން ބާރުވެރިކުރުވަން މަސައްކަތް ކުރުން
ހަގީގީ މާނައިގަ ބާރުވެރި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ އަންހެނާއަކީ އަނެކާ ބާކީކޮށްލައި ވައްޓާލާފަ ކުރިއަށްދާ މީހާއެއް ނޫނެވެ. އެއީ ތިމާއެކޭ އެއްފަދައިން އެހެން މީހުންގެ ދިރިއުޅުންވެސް ރަނގަޅުކުރަން މަސައްކަތްކުރާ އަންހެނުންނެވެ. ތިމާއަށް އެދޭ މޮޅު ގޮތްތަށް އަނެކާއަށް އެދެންވާނެއެވެ. މިފަދަ އަންހެނާ އަބަދުވެސް މަސައްކަތް ކުރާނީ ކަންދެއްކުމުގެ ބަދަލުގައި ތިމާއަށް އެނގޭ އެއްޗެއްގެ އަލީގައި އެހެން މީހުންނަށްވެސް ކުރިއެރުން ހޯދައިދީ ބާރުވެރިކުރުމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow