މާލޭ ސިޓީ ބަށި ބޯޅަ ލީގުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް
މާލޭ ސިޓީ ބަށި ބޯޅަ ލީގު ކުރިއަށް ގެންދިޔައީ މި މަހުގެ 5 އިން ރޭގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގެ
ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މާލޭ ބަށި ލީގުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދައިފިއެވެ.
މި މަހުގެ 5 އިން ރޭގެ ނިޔަލަ ކުޅުނު މި ލިގުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ހިތްއުފާ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ލީގުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދީ 30 ލަނޑު 25 ލަނޑުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގަ އެންމެ ގިނަ ބޯޅަ ޖަހައިގެން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިދުވަރު ޓީމުގެ ޖޯޒީ ނަންބަރު 10 ފާތިމަތު ޝިނާއެވެ. އަދި ފައިނަލް މެޗުގައި އެންމެ ގިނަ ބޯޅަ ހިފާފައިވަނީ ހިތްއުފާ ޓީމުގެ ޖޯޒީ ނަންބަރު 9 މަރްޔަމް އާފިޔާއެވެ. އާފިޔާ ވަނީ ފައިނަލް މެޗުގެ ކުއީން އޮފްދަ މެޗުކަމާއި މުބާރާތުގެ ބަށި ރާނީގެ މަގާމުވެސް ހޯދާފައެވެ.
މި ލީގުގެ އެންމެ ގިނަ ބޯޅަ ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ގުލްސަންޕާ ޓީމުގެ ޖޯޒީ ނަންބަރު 8 އާއިޝަތު ޙިޝާމާއެވެ.
މީގެ އިތުރުން މި ލީގުގެ އެންމެ ގިނަ ބޯޅަ ހިފާފައިވަނީ ހިތް އުފާ ޓީމުގެ ޖޯޒީ ނަންބަރު 9 މަރްޔަމް އާފިޔާއެވެ.
މާލޭ ސިޓީ ބަށި ލީގުގެ ތިންވަނަ ހޯދީ ގުލްސަންޕާ ޓީމުންނެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ބަދަހި އެވެ.
މާލޭ ލީގު ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި ސަރުކާރުގެ ވުޒާރާތުގެ އިސްވެރިންނެވެ.
ޒަމާންތަކަކަށް މެދުކެނޑިފަ އޮތުމަށްފަހު މާލޭގައި ކުރިއަށް ގެންދިޔަ ބަށި ލީގު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަށިބޯޅަ ފައުންޑޭޝަންގެ ރައީސާ ޝިޔާމާ ދެއްކެވި ވާހަކައިގައި ވަނީ ބަށި ބޯޅަ ކުރިއަރުވާ އާލާ ކުރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޝިޔާމާ ވިދާޅުވީ ބަށި ބޯޅަ ކުޅެލާނެ ތަނެއް މާލޭގައި ނެތުމަކީ އެކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ.
އޭނާ ވަނީ ބަށި ބޯޅަ ކުޅުމަށްޓަކައި ބިމެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކުގައި ދެންނެވި ނަމަވެސް މިހާތަނަށް އެކަމުގައި އެދެވޭ ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް މި ދައުރުގައި އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.
ޒަމާންތަކަކަށްފަހު ހުއްޓިފައި އޮތް ބަށިބޯޅަ އަލުން އާލާ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން މިމަހު ބޭއްވުނު މާލޭ ލީގަކީ ވަރަށް ކާމިޔާބު ލީގެއް ކަމަށާއި ލީގުގައި 8 ޓީމެއް ބައިވެރިވިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ އޭގެ ތެރެއިން މިފަހަރުގެ ލީގުގައި ވާދަކޮށްފައިވަނީ 4 ޓީމުކަމަށް ޝިޔާމާ ވިދާޅުވިއެވެ.
ޝިޔާމާ ވިދާޅުވީ މިފަހަރުގެ ލީގަކީވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކުރިއަށް ގެންދެވުނު ލީގެއްކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކާއި އެޗްޑީސީގެ ނަން ޝިޔާމާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ.
ރިއެކްޝަންސް