އިސްލާމީ މަރުކަޒުގަ ޓީވީ ހަރުކުރަން ފަށައިފި
ފޮޓޯ: އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު

އިސްލާމީ މަރުކަޒުގަ ޓީވީ ހަރުކުރަން ފަށައިފި

ޚުތުބާ ކިޔާމަންޒަރު ހުރިހާ ފްލޯއަކަށް ދެއްކުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޮޑު ޓީވީ ހަރުކުރަން ފަށައިފި

8 months ago - 09:11
Dec 29, 2023 - 09:12
Advertisement

ޚުތުބާ ކިޔާމަންޒަރު ހުރިހާ ފަންގިފިލާއަކަށް ދެއްކުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޮޑު ޓީވީ ހަރުކުރަން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުވަނީ ޓީވީތައް ހަރުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ހާމަ ކުރައްވާފައެވެ.

އިސްލާމީ މަރުކަޒުގެ އެކި ފަންގިފިލާތަކުގައި ތިބޭއިރު ޚުތުބާ ކިޔާ މީހާ ފެންނާނެހެން ކޮންމެ ފަންގިފިލާއެއްވެސް 98 އިންޗީގެ ސްމާޓް ޓީވީއެއް ހަރުކުރުމަށް ނިންމައި ވަޒީރު ވަނީ ވޭތުވެދިޔަ ހަފްތާގައި އެކަން އިއުލާންވެސް ކުރައްވާފައެވެ.

Advertisement

ވަޒީރު ޑރ. ޝަހީމު ވިދާޅުވި ގޮތުގައި އެކަމަށް ބޭނުންވާ ޓީވީތަކަކީ ހެޔޮ އެދޭ ފަރާތަކުން އިސްލާމީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ޓީވީ ތަކެކެވެ. 

އެހެން ނަމަވެސް އެއީ ކޮންފަރާތެއްކަން ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ޓީވީ ހަރުކުރުމުގެ މަޝްރޫޢު ނިމިގެންދާއިރު އިޝާރާތުގެ ބަހުން ޚުޠުބާ ވަގުތުން ވަގުތަށް ގެނެސްދެވޭނެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އިސްލާމީ މަރުކަޒުގެ އެކި ފަންގިފިލާތަކުގައި 98 އިންޗީގެ ޖުމްލަ 6 ޓީވީ ހަރުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ވުޒާރާގެ ގޮތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement