ޕީ.އެސް.އެމް މަޖިލިސް ބަހުސް: ފުވައްމުލަކުގެ ދާއިރާތައް ފުވައްމުލަކުގައި ބާއްވަނީ

ޕީ.އެސް.އެމް މަޖިލިސް ބަހުސް: ފުވައްމުލަކުގެ ދާއިރާތައް ފުވައްމުލަކުގައި ބާއްވަނީ

ފުވައްމުލަކުގެ 3 ދާއިރާގެ ބަހުސް ވަކިވަކިން ފުވައްމުލަކުގައި ކުރިއަށް ގެންދަން ޕީ.އެސް.އެމްއިން އަންނަނީ ތައްޔާރުވަމުން.

5 months ago - 10:34
Feb 11, 2024 - 10:36

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ޕަބްލިކް ސަރވިސް މީޑިއާއިން ބާއްވާ ބަހުސްގެ ފުވައްމުލަކުގެ ތިން ދާއިރާގެ ބަހުސް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

މަޖިލިސް ބަހުސް 2024 ގައި ހިމެނޭ ފުވައްމުލަކުގެ ދާއިރާތަކުގެ ބަހުސް ޕީ.އެސް.އެމްއިން ދެއްކުމަށް ހަމަޖެހިފައިވަނީ ރެކޯޑު ކޮށްގެންނެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލާއި ޕީ.އެސް.އެމް ގުޅިގެން މަޖިލިސް ފުވައްމުލަކުގެ ދާއިރާތަކުގެ ބަހުސްގެ ރެކޯޑިން ހެދުމަށް ހަމަޖެހިފައިވަނީ ތިން ދުވަހަކަށް ބަހާލައިގެންނެވެ. 

އެގޮތުން ބަހުސްތައް ރެކޯޑު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24، 25 އަދި 26 ގައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

ފުވައްމުލަކު އެންމެ ފުރަތަމަ ރެކޯޑިން ހެދުމަށް ހަމަޖެހިފައވަނީ އުތުރުދާއިރާގެ ބަހުސެވެ. އެއަށްފަހު މެދުދާއިރާގެ ބަހުސް އަދި އެންމެ ފަހުން ފުވައްމުލަކު ދެކުނު ދާއިރާގެ ބަހުސް ރެކޯޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވަނީ އުތުރުދާއިރާއިން ޙަމަދު އަބްދުﷲ އެވެ. އަދި މެދު ދާއިރާއިން ވާދަކުރައްވަނީ 18 ވަނަ މަޖިލީހުގައިވެސް އެދާއިރާ ތަމްސީލުކުރެއްވި މެންބަރު އަލީފަޒާދެވެ. މީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއިން ޕީ.އެން.ސީ ޓިކެޓުގައި ވާދަކުރައްވަނީ އިބްރާހީމް ހުސައިން އެވެ. 

މި ތިން ބޭފުޅުންނަކީވެސް މިދިޔަ ޖަނަވަރީ 27 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow