މިއަހަރުގެ ފުރަތަމަ 8 މަހު އެކަނި ވެސް ސްކޭމްގެ ގޮތުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި
ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ސްކޭމްގެ މައްސަލަތައް ގިނަ

މިއަހަރުގެ ފުރަތަމަ 8 މަހު އެކަނި ވެސް ސްކޭމްގެ ގޮތުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި

22 days ago - 14:29
Advertisement

މިއަހަރުގެ ފުރަތަމަ 8 މަހު އެކަނި ވެސް ސްކޭމްގެ ގޮތުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު މުހައްމަދު ޝިފާން އެކްސްގައި ވިދާޅުވީ ގިނަބަޔަކު އަދިވެސް ސްކޭމަރުންގެ ދަލުގައި ޖެހެމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ސެކޭމަރުންގެ އަތްދަށު ވަމުންދާތީ އެކަންބޮޑުވުން ޝިފާން ފާޅުކުރެއްވިއެވެ.

ހޯދުނު ފައިސާއަކީ ސްކޭމްގެ ގޮތުގައި ގެއްލުނު ފައިސާގެ ނިސްބަތުން ކުޑަ މިންވަރެކެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެން ސްކޭމްގެ ގޮތުގައި ފޭރިފައިވާ ފައިސާގެ އަދަދު 13 މިލިއަނަށްވުރެ ގިނައެވެ. ސްކޭމްގެ މައްސަލަ ތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންގެ އަދަދު 150 އަށް އަރައެވެ. އެފަދަ މައްސަލަ ތަކުގައި ރިޕޯރޓްކޮށްފައިވާ އަދަދު 1600 އަށްވުރެ މައްޗެވެ.

ސްކޭމްގެ ކުށްތަކަށް ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަޔަސް އެކަމުގައި ޖެހި ލަނޑު ލިބެމުންދާ މީހިންގެ އަދަދު އަދިވެސް ގިނައެވެ. ޖަލުގޮޅުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ހިންގާ ސްކޭމްގެ އަމަލުތައްވެސް ގިނައެވެ.

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement