ކާވާ ކްލަބް ޗެމްޕިއަންޝިޕް ނޭޕާލް ޕޮލިސް ކާމިޔާބުކޮށްފި
ޗެމްޕިއަންކަން ހޯދި ނޭޕާލް ޕޮލިސް: ފޮޓޯ-ޕީއެސްއެމް ނިއުސް

ކާވާ ކްލަބް ޗެމްޕިއަންޝިޕް ނޭޕާލް ޕޮލިސް ކާމިޔާބުކޮށްފި

26 days ago - 08:45
Sep 22, 2024 - 08:45

ރާއްޖޭގައި ރޭ ނިމުނު ކާވާ ކްލަބް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތް ނޭޕާލް ޕޮލިސް ކާމިޔާބުކޮށްފި އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލް ޕޮލިސް ކާމިޔާބުކުރީ ފައިނަލްގައި އުޒުބެކިސްތާނުގެ ހޫމޯ ވީސީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ސެޓްތައް ނޭޕާލް ޕޮލިހުން ގެންދިޔައީ 25-16, 25-22 އަދި 25-23 ނެވެ. ހަ ޓީމް ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗުތައްވެސް ނޭޕާލުން ކާމިޔާބުކުރިއެވެ.ހޫމޯ ވީސީ ހަތަރު މެޗު ކާމިޔާބުކުރިއެވެ.

މުބާރާތުގެ ތިންވަނަ ހޯދީ ރާއްޖޭގެ ވެމްކޯއެވެ. ވެމްކޯ ވަނީ އެއާފޯސް ކްލަބާއި, ތަޖަކިސްތާން ވީސީ ޑިއަމެޑްގެ އިތުރުން ރާއްޖޭގެ ޕޮލިސް ކްލަބް ބަލިކޮށްފައެވެ. ރާއްޖޭގެ ޕޮލިސް ކްލަބަށް ލިބުނީ ހަ ޓީމް ވާދަކުރި މުބާރާތުގެ ފަސް ވަނަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ނޭޕާލް ޕޮލިސް ކްލަބްގެ އުޝާ އެވެ. ޑްރީމް ޓީމްގައި ހިމެނުނީ ވެމްކޯގެ އައުޓްސައިޑް ހިޓާ ގުޓިކާ، ނޭޕާލް ޕޮލިސް ކްލަބްގެ އައުޓްސައިޑް ހިޓާ އުޝާ، ހުމޯގެ މިޑްލް ބްލޮކާ ދިލްނޯޒާ، ނޭޕާލް ޕޮލިސް ކްލަބްގެ މިޑްލް ބްލޮކާ ސުމިތުރާ، ސްރީލަންކަން އެއާފޯސްގެ ސެޓަރު ތުޝާރީ، ވެމްކޯގެ އޮޕަސިޓް ޕްލޭޔާ އައިތުރަގާން އަދި ނޭޕާލް ޕޮލިސް ކްލަބްގެ ލިބަރޯ ތަމަންގް ޝާންތިގަލާ އެވެ.

Advertisement

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow