މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ  މީހަކު ހޯރަފުށިން ހައްޔަރުކޮށްފި
ހޯރަފުށިން ހައްޔަރުކުރި މީހާ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

26 days ago - 11:14
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 42 އަހަރުގެ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ހޯރަފުށިން ހައްޔަރުކުރި އެރަށު ރަތްބަގީޗާގެ އަޙްމަދު ޝީބާން އަކީ އެރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. 

ފުލުހުން ބުނީ އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުން ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލާގައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. މައްސަލަ ތަހުގީގުކުރަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުންނެވެ.

Advertisement

މީގެއިތުރުން ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރަންވެސް ފޮނުވާފައެވެ. އެއީ ޖުލައި 24 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ތިން މީހުންނެވެ. އެތިން މީހުންނަކީ މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4  3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement