ދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު މޯލްޑިވިއަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު މޯލްޑިވިއަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މޯލްޑިވިއަންއިން ވަނީ ފުވައްމުލަކަށް ކުރާ ޝެޑިއުލް ފްލައިޓްތައް މަދުކުރުމަށް ނިންމާފަ

3 months ago - 08:27
Advertisement
Advertisement

މޯލްޑިވިއަންއިން ފުވައްމުލަކަށް ކުރާ ފްލައިޓް ދަތުރުތަކުގެ ދަތިތަކާ ގުޅިގެން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު މޯލްޑިވިއަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމާ ގުޅޭ ގޮތުން އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ދެކުނުދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ގައުމީ އެއާ ލައިނުން ފުވައްމުލަކަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ މެދު މި ބައްދަލުވުމުގައި މޯލްޑިވިއަންގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

މެންބަރު ވިދާޅުވީ މާލެއިން ފުވައްމުލަކަށް މޯލްޑިވިއަންއިން ކުރަމުން އަންނަ ދަތުރުތައް މަދުކުރުމަށް މޯލްޑިވިއަން އިން ނިންމާފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް މޯލްޑިވިއަންގެ ވެރިންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. 

އަދި ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް މެދުނުކެނޑި ދަތުރުފަތުރުގެ ޚިދުމަތް ދެވިދާނެ ގޮތްތަކާމެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މެންބަރު އިބްރާހީމް ހުސައިން ވިދާޅުވިއެވެ. 

Advertisement
Advertisement

މޯލްޑިވިއަނުން މިހާތަނަށް ފުވައްމުލަކާ މާލެއާ ދެމެދު ޝެޑިއުލްކޮށް ކުރަމުން އައިސްފައިވަނީ ދުވާލަކު ދެ ދަތުރެވެ. 

އެހެން ނަމަވެސް ފަސެންޖަރުން ނުލިބުމުން އެކުންފުންޏަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ ދަތުރުތައް މަދުކުރުމަށް ނިންމާފައެވެ. 

މެންބަރު އިއްބެ ވިދާޅުވީ ރައްޔިތުންނަށް ގެއްލުމާއި ދަތި ނުވާނެ ގޮތަކަށް ދަތުރުތައް ރާވައިދެއްވުމަށް މޯލްޑިވިއަންގައި އެދިފައިވާ ކަމަށެވެ. 

އަދި އާރް.ޓީ.އެލް ފެރީ ފަދައިން އައްޑޫއާއި ފުވައްމުލަކާއި ދޭތެރޭގައި ޝެޑިއުލް ފްލައިޓް ބޭއްވުމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ފުވައްމުލަކު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަނީ ހަމައެކަނި މޯލްޑިވިއަނުންނެވެ. 

މޯލްޑިވިއަންއިން ފުވައްމުލަކާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގުބޮޑުވުމުގެ ޝަކުވާވެސް ރައްޔިތުން އަންނަނީ ކުރަމުންނެވެ. 

މާލެއާ ފުވައްމުލަކާ ދެމެދުގެ ޓިކެޓެއް މިހާރު މޯލްޑިވިއަންއިން ވިއްކަނީ 1653 ރުފިޔާ އަށެވެ. މިއީ ނިމިދިޔަ އެމް.ޑީ.ޕީގެ ވެރިކަމުގައި ޓިކެޓުގެ އަގަށް ގެނެސްފައިވާ ބަދަލެކެވެ. 

ފުވައްމުލަކާ މާލެއާ ދެމެދު 999 ރުފިޔާއަށް މޯލްޑިވިއަންއިން ވަނީ ޓިކެޓު ވިއްކާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement