ފަހު ވަގުތު ބޫޓާން އަތުން ރާއްޖޭގެ ޒުވާން ޓީމް ބަލިވެއްޖެ
ބޫޓާން މޮޅުވީ 2-1 ން
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި, ފަހު ވަގުތު ބޫޓާން އަތުން ރާއްޖޭގެ ޒުވާން ޓީމް ބަލިވެއްޖެ އެވެ.
ރާއްޖޭގެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ބަލިވީ 2-1 ނެވެ. 1-1 ން އެއްވަރުވާންދިޔަ މެޗުން ބޫޓާން މޮޅުވީ 90 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. މެޗުން ބޫޓާން މޮޅުކޮށްދިން ލަނޑު ޖެހީ ގްވާން ޗޮޕެލް އެވެ. 21 ވަނަ މިނިޓްގައި ފުރަތަމަ ލީޑް ނެގީވެސް ބޫޓާނުންނެވެ. އެއީ ޑޯޖީގެ ލަނޑުންނެވެ. ދެވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގައި ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިޝްއާފް މުޙައްމަދު ފިރާގުއެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއި އިންޑިޔާއާއެކު ގްރޫޕް ބީގައެވެ. އިންޑިޔާ ވަނީ ފުރަތަމަ މެޗުގައި 1-0 ން ބޫޓާން ބަލިކޮށްފައެވެ. ގްރޫޕް އޭގައި ހިމެނެނީ ބަނގްލަދޭޝްއާއި, ނޭޕާލާއި, ސްރީލަންކާ އެވެ. އެގްރޫޕްގައި ނޭޕާލް ވަނީ 1-0 ން ސްރީލަންކާ ބަލިކޮށްފައެވެ. އަދި ބަނގްލަދޭޝް ވަނީ 2-0 ން ސްރީލަންކާ ބަލިކޮށްފައެވެ.
މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗުގައި އިންޑިޔާއާ ވާދަކުރާނީ ހުކުރު ދުވަހު އެވެ.
ރިއެކްޝަންސް