މޮޅު ކުޅުންތެރިއަކަށް ފޮޑެން, ޒުވާން ކުޅުންތެރިއަކަށް ކޯލް ޕާމާ
މޮޅު ކުޅުންތެރިއަކީ ފޮޑެން: ފޮޓޯ-މެންޗެސްޓަރ ސިޓީ

މޮޅު ކުޅުންތެރިއަކަށް ފޮޑެން, ޒުވާން ކުޅުންތެރިއަކަށް ކޯލް ޕާމާ

އިނގިރޭސި ދެ ކުޅުންތެރިންނަށް އެވޯޑް މިލިބުނީ 2009 ގެ ފަހުން

27 days ago - 08:42
Aug 21, 2024 - 08:42

ޕްރޮފެޝަނަލް ފުޓްބޯލާރސް އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކަށް ފޮޑެން އަދި ޒުވާން ކުޅުންތެރިއަކަށް ކޯލް ޕާމާ ހޮވައިފި އެވެ.

މިއީ 2009/2010 ގެ ސީޒަންގެ ފަހުން އިނގިރޭސި ކުޅުންތެރިންނަށް މި ދެއެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެސީޒަންގައި މޮޅު ކުޅުންތެރިއަކީ ރޫނީ އެވެ. ޒުވާން ކުޅުންތެރިއަކީ މިލްނާ އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވި މެންޗެސްޓަރ ސިޓީގެ ފިލް ފޮޑެން ބުނީ މިއެވޯޑަކީ ޚާއްޞަ އަދި ފަޚުރުވެރި އެވޯޑެއް ކަމަށެވެ. އޭނާ ވަނީ ވޯޓްދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ފޮޑެން ބުނީ މިދިޔަ ސީޒަނަކީ ސިޓީގެ އެންމެންނަށްވެސް ޚާއްޞަ ސީޒަނެއް ކަމަށެވެ. އެކަމަކު މިހާރު އެންމެންގެވެސް އަމާޒަކީ މިސީޒަންގެ ކާމިޔާބީ ބޮޑުކުރުން ކަމަށް އިނގިރޭސި ގައުމީ ޓީމްގެވެސް މުހިއްމު ކުޅުންތެރިޔާ ބުންޏެވެ.

ފޮޑެން ވަނީ މިދިޔަ ސީޒަންގައި 35 މެޗުން 19 ގޯލް ޖަހާފައެވެ. 23 އަހަރުގެ ފޮޑެން އަކީ ހަ ޕްރިމިއަރ ލީގު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީވެސް ފޮޑެން އެވެ. 

Advertisement

ޒުވާން ކުޅުންތެރިއަކަށް ހޮވުނު ޗެލްސީގެ ކޯލް ޕާމާ އަކީ މިދިޔަ ސީޒަންގައި ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ލީގުގައި 34 މެޗުން 22 ގޯލް ޖަހާފައެވެ.  ޗެލްސީއަށް ޕާމާ ބަދަލުވީ ސިޓީންނެވެ. ޕީއެފްއޭ އިން އެކުލަވާލި މިދިޔަ ސީޒަންގެ ޓީމްގައި އެންމެ ގިނައީ ސިޓީއާއި އާސެނަލް ކުޅުންތެރިންނެވެ. އާސެނަލްގެ 5 ކުޅުންތެރިން އަދި ސިޓީގެ 4 ކުޅުންތެރިން ހިމެނެއެވެ. އެ ދެ ޓީމަށް ނިސްބަތް ނުވާ ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް އާއި އެސްޓަން ވިލާ ފޯވާޑް ވަޓްކިންސް އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow