ރަސްމާލެ މަޝްރޫއުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް: އަލާއްބާރު

ރަސްމާލެ މަޝްރޫއުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް: އަލާއްބާރު

1 hour ago - 17:15
Oct 8, 2026 - 17:25
Advertisement
Advertisement

ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލާއްބާރު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެން، އަލާއްބާރު 'ސަން' އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިހާ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވާފައިވެ އެވެ.

މިކަމާއި ގުޅިގެން، އަލާއްބާރު ވިދާޅުވި ގޮތުގައި އީގަލް ހިލްސްގެ އަސާސީ އުސޫލަކީ މަސައްކަތްކުރާ ކޮންމެ ގައުމެއްގެ ވެސް ގާނޫނުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުން ކަމަށެވެ.

އަދި އެ ގައުމެއްގެ ރައްޔިތުން ބޭނުންނުވާ ނަމަ އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ ގަވާއިދެއް އޮތް ނަމަ އަމަލުކުރަން ޖެހޭނީ އެ ގަވާއިދަކަށް ކަމަށާއި، ގަވާއިދުތަކަށް އެއްބަސްނުވެ ވިޔަފާރި ނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޝްރޫއުގެ ތަފްސީލީ އެއްބަސްވުން އަދި މިހާތަނަށް އާންމުކޮށްފައި ނުވަނީ އެއްބަސްވުން މުޅިން ފައިނަލް ނުވާތީ ކަމަށާއި، ނަމަވެސް ހުރިހާ ކަމެއް ނިމުމުން އެ މައުލޫމާތުތައް ހާމަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާންމުންގެ ކަންބޮޑުވުންތަކަށް އަބަދުވެސް ތެދުވެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލާއްބާރު ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރެވިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލާއްބާރު ވިދާޅުވީ، ފައިނަލް އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތައް ވެސް ހަމަހަމަކޮށް ހިމާޔަތްކުރެވެން ޖެހޭނެ ކަމަށާއި، އެއްވެސް ފަރާތަކަށް ބުރަވާ ގޮތަށް އެއްބަސްވުން އެކުލަވާލައިގެން ނުވާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement