ހއ. ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ހއ. ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

5 hours ago - 20:53
Advertisement
Advertisement

ހއ. ބާރަށުގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.


މި މަޝްރޫއަކީ ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.


އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، ކުރިއަށް އޮތް ތަނުގައި އިމާރާތުގެ ބާކީ ހުރި އޮނިގަނޑުގެ މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި މަޝްރޫއު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި ބޭނުންވާ ފަންނީ އަދި އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


މި މަޝްރޫއު ނިމުމުން ބާރަށުގައި ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ފުޅާވެ، ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.


އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން، އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement