ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި

ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި

10 hours ago - 15:45
Advertisement
Advertisement

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިސިޓް މޯލްޑިވްސް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.


ޝިއުރީ މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މި އަހަރުގެ (2024) ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެ މަޤާމުގައި ހުންނެވި މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.


ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޝިއުރީ ވަނީ މުހިންމު އެކި މަޤާމުތައް ފުރުއްވާފައެވެ. އެގޮތުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.


ތަޢުލީމީ ގޮތުން ބަލާއިރު، އިބްރާހިމް ޝިއުރީ ވަނީ މާކެޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭގެ އިތުރުން، ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން އޭނާ ވަނީ މާސްޓަރސް ޑިގްރީވެސް ފުރިހަމަކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement