އިޒްރާއިލްއިން ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުމާ ޚިލާފްވިތަ! މައްސަލައަކީ ހަމާސް ތަ!
ހަމާސްގެ ހަނގުރާމައިގެ ފިޔަ ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢޮބައިދާ. ހަމާސްއިން ވަނީ ރަހީނުން މިނިވަންކުރުން ފަސްކުރިކަން އިއުލާން ކޮށްފަ

އިޒްރާއިލްއިން ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުމާ ޚިލާފްވިތަ! މައްސަލައަކީ ހަމާސް ތަ!

11 days ago - 09:23
Feb 12, 2025 - 09:23
Advertisement
Advertisement

ހަމާސްއިން ރަހީނުން މިނިވަންކުރުން ފަސްކުރިކަން އިޢުލާން ކުރުމާއެކު އެމެރިކާ އަދި އިޒްރާއިލްއިން މިވަނީ ހާމަސްއިން އެއްބަސްވުމާ ޙިލާފްވެފައިވާ ކަމަށްބުނެފައެވެ. އެކަމާ ގުޅުވާ ހަމަލާތައް އަލުން ފަށަންޖެހޭކަމަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ނަމަވެސް ހަމާސްއިން ބުނެފައިވަނީ ރަހީނުން މިނިވަންކުރުން ފަސްކުރީ އިޒްރާއިލްއިން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފްވެފައިވާތީ ކަމުގައެވެ. އަދި އިޒްރާއިލް އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ނުފަށަނީސް ރަހީނުން މިނިވަން ނުކުރާނެ ކަމުގައެވެ.

"އަހަރެމެން ވަރަށް ބޮޑަށް މޮނިޓަރ ކުރިން އިޒްރާއިލްއިން އެއްބަސްވުމާ އެއްގޮތަށް ކިހާވަރަކަށް އަމަލުކުރޭތޯ. އަހަރެމެންގެ ފަރާތުން ކުރަންޖެހޭ ހުރިހާމަކެއް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިޔައިން" ހަމާސްގެ އަސްކަރީ ފިޔަ, ޤައްސާމް ބްރިގޭޑްސް ގެ ތަރުޖަމާނު އަބޫ އޮބައިދާ ހޯމަ ދުވަހު ބުނެފައި ވެއެވެ.

ހަމާސްގެ ތުހުމަތުތަކަށް ޖަވާބެއްނުދީ އިޒްރާއިލްގެ ހާރިޖީ ވަޒީރު, އިޒްރާއިލް ކަޓްޒް ބުނީ ހަމާސްއިން ނިންމި ނިންމުމަކީ އެއްބަސްވުމާ މުޅިން ޚިލާފް ނިންމުމެއް ކަމަށެވެ.

Advertisement
Advertisement

ވީ ކިހިނެތް! އެއްބަސްވުމާ ޚިލާފް ވީ ކާކު! ކުރިއަތް އޮތީ ކިހިނެތް!

ކަރުދާހުގައި އޮތްގޮތުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވަނީ ތިން މަރުހަލާއަކަށް ބަހާލާފައިވާ ހަ ހަފުތާއަށެވެ. އަދި ކުރިއަށް ދެވުނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މެދެއްހާ ހިސާބަށެވެ. ތިން ހަފުތާގެ ތެރޭގައި މިނިވަންކުރަން ހަމަޖެހިފައިވާ އިޒްރާއިލްގެ 33 ރަހީނުންގެ ތެރެއިން 21 މީހަކު މިހާރުވަނީ މިނިވަންކޮށްފައެވެ. އަދި އިސްރާއިލްގެ ޖަލުތަކުގައި ތިބި އަސީރުންނާއި ޤައިދީންގެ ތެރެއިން 730 ށްވުރެ ގިނަ މީހުންވެސް ވަނީ ހަމަޖެހިފައިވާ އުސޫލުން މިނިވަންކޮށްފައެވެ.

އަސީރުންނާއި ރަހީނުން ބަދަލުކުރުމަކީ އެއްބަސްވުމުގެ ހަމައެކަނި ބައެއްނޫނެވެ. މި މުއްދަތުގެ ތެރޭގައި ޣައްޒާގެ ބިމުގެ އެކި ސަރަޙާއްދުތަކުން އިޒްރާއިލްގެ އަސްކަރިއްޔާ ފޭބުމާއި ވަކި އަދަދަކަށް އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރުމަކީވެސް އެއްބަސްވުމުގެ މުޙިއްމު ބައެކެވެ.

އިޒްރާއިލްއިން އެއްބަސްވުމާ ޚިލާފް ވިތަ!

އާނ އެކެވެ!

ހަމަލާތައް ހުއްޓައެއް ނުލިއެވެ. އިޒްރާއިލްއިން އަދިވެސް ދަނީ ޣައްޒާގައި މީހުން މަރަމުންނެވެ. އެކަން ޣައްޒާގެ ހެލްތް މިނިސްޓްރީގެ ރިޕޯޓްތަކުން އެހުރީ ފެންނާށެވެ.

އިންސާނީ އެހީއަށް ބަލާއިރު 20 ދުވަހުގެ ތެރޭގައި ޣައްޒާއަށް 12,000 ޓްރަކްގެ އިންސާނީ އެހީ ވަންނަންޖެހޭނެއެވެ. ނަމަވެސް އެ މުއްދަތުގައި އިޒްރާއިލް އިން ހުއްދަ ދީފައިވަނީ އެންމެ 8,500 ޓްރަކް އެތެރެވުމަށެވެ. އެއީ 70 އިންސައްތައެވެ.

ބޯހިޔާވުމަށް ބޭނުންވާ 200,000 ޓެންޓް އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް އެތެރެކުރަން ޖެހެއެވެ. ނަމަވެސް އޭގެ 10 އިންސައްތަވެސް ޣައްޒާއަށް އެތެރެކުރެވި ފައި ނުވާއިރު, ގަދަ ފިންޏާއި ވާރޭގެ ތޫފާންތަކުގައި ޣައްޒާގެ ރައްޔިތުން ވަނީ އިތުރު ތަކްލީފްތަކާ ކުރިމަތިލާންޖެހިފައެވެ. 600,000 މޯބައިލް ގޭގެ އެއްމެ ގެއެއްވެސް ނުލިބެއެވެ.

މި މުއްދަތުގައި ސިއްޙީ އަވަސް ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް މިހާތަނަށް ފޮނުވަންޖެހޭ 1000 މީހުންގެ ތެރެއިން އެކަން ހަމަޖެހުނީ އެންމެ 120 ބަލިމީހުންނަށެވެ. އެއްބަސްވުމާ އެއްގޮތަށް ދުވާލަކު 50 ބަލިމީހުން (އެހީތެރިންނާއެކު) ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ ދޭންޖެހެއެވެ.

މިގެ އިތުރުން އިޒްރާއިލްއިން އުތުރު ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދިއުމަށް ހުރަސްއެޅި އެޅުމަކީވެސް އެއްބަސްވުމާ އެއްގޮތަށް އިޒްރާއިލްއިން އަމަލުކޮށްފައި ނުވާކަމުގެ ހެއްކެކެވެ.

ހަމާސްއިން އެއްބަސްވުމާ ޚިލާފްވިތަ!

ހަމާސްއިން ބުނެފައިވަނީ އެމީހުން އެއްބަސްވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޖެނުއަރީ 25 ވަނަ ދުވަހު އިޒްރާއިލްއިން ބުނެފައިވަނީ އެދުވަހު މިނިވަންކުރަން ހަމަޖެހިފައި އޮތް އަންހެން ރަހީނަކު 'އެދުވަހު' މިނިވަން ނުކުރުމަކީ ހަމާސްއިން އެއްބަސްވުމާ ހިލާފްވުން ކަމަށެވެ. އެކަމާ ގުޅިގެން އިޒްރާއިލް އިން ވަނީ ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދިއުމަށް ހުރަސްއަޅާފައެވެ.

ނަމަވެސް އެބުނާ ރަހީނު, އާބެލް ޔެހޫދް މިނިވަންކުރުމުގެ ކުރިން އިޒްރާއިލްއިންވަނީ ޣައްޒާގެ ރައްޔިތުން އުތުރު ޣާއްޒާގެ އެމީހުންގެ ގެދޮރަށް އެނބުރި ދިއުމުގެ ހުއްދަ ދީފައެވެ. އެހެންކަމުން އިޒްރާއިލްގެ ބަސް އެކަމުގައި ދިމާނުވާކަން ފާހަގަވެއެވެ.

ހަމާސްގެ ޕޮޒިޝަންއަކީ ކޮބާ!

އަބޫ އޮބައިދާ ބުނެފައިވަނީ އިޒްރާއިލްއިން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފްވެފައިވާތީ ހަމާސްއިން ރަހީނުން މިނިވަން ކުރުން މަޑުޖައްސާލި ނަމަވެސް އިޒްރާއިލްއިން އެނބުރި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފަށައިފިނަމަ ހަމާސްއިންވެސް އެއްބަސްވުމާ އެއްގޮތަށް ރަހީނުން މިނިވަންކުރުމަށް ތައްޔާރު ކަމުގައެވެ.

"އެއްބަސްވުމާ އެއްގޮތަށް ރަހީނުން މިނިވަންކުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް ކުރިން އަހަރެމެން މިކަން މި އިއުލާން ކުރީ އެއްބަސްވުމުގެ މެދުވެރިންނަށް އިޒްރާއިލްއަށް ޕްރެޝަރުކުރުމަށް އެކަށޭނެ ވަގުތު ދިނުމަށް. އިޒްރާއިލްއިން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިނުމަށް އެއްބަސްވާނަމަ ކަނޑައެޅިފައިވާ ގޮތަށް ރަހީނުން މިނިވަންކުރުމުގެ ކަންކަން ކުރިއަށް ދާނެ" ހަމާސްއިން ބުނެފައި ވެއެވެ.

އިޒްރާއިލްއިން ބުނީ ކީކޭ!

ހަމާސްގެ ބަޔާނާއެކު ރަހީނުންގެ އާއިލާތަކުންނާއި ސަޕޯޓަރުންދަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ހާލަތު ހަމަޔަކަށް އެޅުވުމަށް ޑިމާންޑްކުރަމުންނެވެ.

އަނެއްކޮޅުން ހަމަލާތައް މެދުކަނޑާލުމަށް ދެކޮޅުހެދި ކަނާތުފިޔާގެ މީހުންގެ އަޑުވެސް ވަނީ ގަދަވެފައެވެ. ހިތްހަމަނުޖެހުންތަކާއެކު ނަޔަންޔާހޫގެ ކެބިނެޓުން ޖެނުއަރީ މަހު އިސްތިއުފާދިން ސެކިއުރިޓީ މިނިސްޓާރުވަނީ ޣައްޒާއަށް އެއްގަމާއި ވައިގެމަގުން ބޮޑެތި ހަމަލާތަކެއް ދިނުމަށް ގޮވާލާފައެވެ.

 ޓްރަމްޕް ބުނީ ކީކޭ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް ހޮނިހިރު ދުވަހު ހަމާސްއިން ރަހީނުން މިނިވަން ނުކުރާނަމަ އިޒްރާއިލް އިން ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުން ކެންސަލްކުރަންޖެހޭ ކަމަށެވެ. އަދި އެހިސާބުން ޣައްޒާއަށް ނަރަކައިގެ ދޮރު ހުޅުވޭނެ ކަމުގައެވެ. އެހެން ކަމަށް ވާނަމަ ރަހީނުން މިނިވަން ކުރުމަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ ޣައްޒާ އާރަސްތުކޮށް ހިންގުމާގުޅޭ މަޝްވަރާތައް, އެއީ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ދެން ކުރިއަކަށް ނުދާނެއެވެ.

ޓްރަމްޕް މި ފަހުން ވަނީ ޣައްޒާ އަމިއްލަ ކޮށް ޣައްޒާގެ ރައްޔިތުން އެބިމުން ބާލާނެކަމަށްވެސް ބުނެފައެވެ. އަދި ޣައްޒާ ޓްރަމްޕްގެ ތަނަކަށް ހެދުމަށް ފަހު ޣައްޒާގެ ރައްޔިތުންނަށް އެނބުރި އެބިމަށް ނާދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިވަގުތު ޣައްޒާގެ ހާލަތު އޮތީ ކިހިނެތް!

އަބޫ އޮބައިދާ އަދި ޓްރަމްޕް ގެ ރައްދާއެކު ޣައްޒާގެ ރައްޔިތުންތިބީ ބިރުވެރިކަމެއްގައެވެ. އިޒްރާއިލްގެ ހަނގުރާމަމަތީ ބޯޓްތައް ޣައްޒާމަތީގައި އުދުހެމުންދާ އަޑު މިހާރުވެސް އިވޭކަމަށް ޣައްޒާގައި ހުރި އަލްޖްޒީރާގެ ނޫސްވެރިޔާ މަރަމް ހުމައިދު ރިޕޯޓްކޮށްފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement