ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

2 hours ago - 10:42
May 25, 2026 - 10:59
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ އެމަނިކުފާނު ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.


ރައީސް މުޢިއްޒު ވަނީ ނިމިދިޔަ އަހަރުގެ ތެރޭގައި ވެސް ސިންގަޕޫރަށް ދެ ދަތުރުފުޅެއް ކުރައްވާފައެވެ. އޭގެ ތެރެއިން އެއް ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 އިން ޖުލައި 2 އަށް އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.


އެ ރަސްމީ ދަތުރުފުޅަށްފަހު، ޖުލައި މަހުގެ ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މީގެ ކުރިން އާއިލާއާއެކު ނުރަސްމީ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ވަނީ ރައީސް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement