ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

10 hours ago - 16:28
Advertisement
Advertisement

ފެލިދެއަތޮޅު ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމް.އެން.ޑީ.އެފުން ހިންގަމުންދިޔަ ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ.


މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެމް.އެން.ޑީ.އެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. ސިފައިންގެ އިދާރާއިން މިހާރު ވަނީ މަހުދީ ނިޔާވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަހުދީ ނިޔާވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުގެ އަޑިއަށް ފީނަމުންދަނިކޮށް ޑީކޯވެ، ހާލު ވަރަށް ބޮޑަށް ދެރަވުމުގެ ސަބަބުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.


ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ތާށިވެފައިވަނީ ކަނޑު އަޑީގެ ކޭވްއެއް (ހަރުގެއެއް) ގެ ތެރޭގައި ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި، މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ކަނޑުގެ އޮއިވަރާއި ހާލަތު ހުރިގޮތުން ނުހަނު ނުރައްކާތެރި، 'ހައި ރިސްކް' މަސައްކަތެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ނިޔާވި ސިފައިންގެ ބޭކަލުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އެމް.އެން.ޑީ.އެފުން އަންނަނީ ގެއްލިފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement