ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

1 hour ago - 11:34

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.


މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ވޯޓުލުމުގައި، އެ ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ.


ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅޭ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ދިރިއުޅޭ މި ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.


ޕީއެންސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 727 މެންބަރުންނަށެވެ.


މި އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ތާއީދު އިތުރުކުރުމަށްޓަކައި އެ ޕާޓީން ވަރަށް ބޮޑު އިސްކަމެއްދޭ އިންތިޚާބެކެވެ. ޕްރައިމަރީގެ ވޯޓުލުން ނިމުމާއެކު މިއަދު އިރުއޮއްސުމުގެ ކުރިން ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow