ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

3 hours ago - 17:15

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ.


ޖާބިރު ޕީއެންސީއާ ގުޅިވަޑައިގަތުމަށްޓަކައި މިއަދު ވަނީ މެންބަރަކަށް ވުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާފައެވެ. މިކަން ކަށަވަރުކޮށްދެއްވަމުން ޖާބިރު ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދެއްވުމުގެ ބޭނުމުގައި ކަމަށެވެ.


ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގައުމަށްޓަކައި މަސައްކަތް ކުރައްވަނީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.


ޖާބިރު ރަސްމީކޮށް ޕީއެންސީއަށް މިއަދު ސޮއިކުރެއްވި ނަމަވެސް، ފަހަކަށް އައިސް އޭނާ ފެނިފައިވަނީ އެ ޕާޓީގެ ހަރަކާތްތަކުންނެވެ. އެގޮތުން، މި ހިނގާ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ޖާބިރު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.


ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޖާބިރު ވަނީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow