އަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

12 hours ago - 13:44
Advertisement
Advertisement

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެކްސްޕޯ 2026" ނުވަތަ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަޠު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ.


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން ބީސީސީން އިންތިޒާމުކުރާ މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށްވުރެ ފުޅާ ދާއިރާއެއްގައި މިއަހަރުގެ އެކްސްޕޯ ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.


މި މަޢުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަޠު މިހާރު ވަނީ https://www.expo.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރިކުރުމާ ގުޅޭ އުޞޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.


ފާއިތުވި 2025 ވަނަ އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.


ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، މި މަޢުރަޒު އަލުން ބާއްވާނެކަން އިޢުލާނުކުރެއްވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިދިޔަ އަހަރު ބޭއްވި މަޢުރަޒަށް އާދަޔާޚިލާފު ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.
މަޢުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ބީސީސީގެ ނަންބަރު 3305555 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement